Post banner
ރަށްރަށުން

ގައުމީ ޤްރުއާން މުބާރާތުގައި ހަނިމާދޫއިން ބައިވެރިވާ ދަރިވަރުންނާއި ކައުންސިލުން ބައްދަލުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގައުމީ ޤްރުއާން މުބާރާތުގައި ހަނިމާދޫއިން ބައިވެރިވާ ދަރިވަރުންނާއި ކައުންސިލުން ބައްދަލުކޮށްފި

ގައުމީ ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާ ހަނިމާދޫ ސްކޫލްގެ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ހަނިމާދޫ ކައުންސިލުން އެ ދަރިވަރުންނާ ބައްދަލުކުރައްވައި، ހިތްވަރުދެއްވައިފިއެވެ.

ޤައުމީ ޤުރުޢާން މުބާރާތުގައި ބައިވެރިވާ ހަނިމާދޫ ސްކޫލުގެ ދެ ދަރިވަރުންނަކީ، އާމިނަތު އަންޖަލް ޙުސައިން އާއި، އައްޔޫބު ޢަބްދުﷲ ސަޢީދު އެވެ.

މި މުބާރާތުގައި ބައިވެރިވާ ހަނިމާދޫ ތަމްސީލުކުރާ ދެ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ހަނިމާދޫ ކައުންސިލުން އެ ދަރިވަރުންނާއެކު ބުރާސްފަތި ދުވަހު ހަނިމާދޫ ސްކޫލުގައި ބޭއްވި މި ބައްދަލުކުރުމުގައި ހަނިމާދޫ ކައުންސިލްގެ ރައީސާއި، ކައުންސިލް ނާއިބުރައީސްގެ އިތުރުން ސްކޫލްގެ އިސްވެރިންނާއި، މުބާރާތުގައި ބައިވެރިވާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެފައި ވެއެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ނަން ރީތިކޮށް، ގައުމީ ފެންވަރުގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ދަރިވަރުން ކުރަމުންދާ މަސައްކަތްތަކަށް ސާބަސް ދެއްވިއެވެ. އަދި މުބާރާތުން ރަނގަޅު ވަނަތަކެއް ހާސިލުކުރުމަށް ގަދައަޅާ މަސައްކަތް ކުރޔުމަށާއި، މީގެއިތުރުން، އިލްމީ އަދި އިޖުތިމާއީ ގޮތުން ދަރިވަރުން ކުރިއަރައި ދިއުމަށް ކުރާ ކޮންމެ ކަމެއްގައި ކައުންސިލްގެ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ތައުލީމީ ކަންކަމަށް ކަނޑާއަޅުވާފައި ހުންނަވާނީ ހަނިމާދޫ ކައުންސކިލްގެ ނާއިބުރައީސް ކަމަށާއި، އަދި ނާއިބުރައީސްއަށް ތައުލީމީ ދާއިރާއަށް ހަރަދުކުރުމުގައި ރައިސްއެކޭ އެއްވަރަށް ހުރިހާ އިހުތިޔާރެއްދީފައިވާނެކަމަށާއި، ކަންކަން ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެކަމަށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ހަނިމާދޫ ކައުންސިލްގެ ނައިބުރައީސްވެސް ވަނީ ދަރިވަރުންނާއި މުހާތަބުކޮށް ހިއްވަރުދީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ދަރިވަރުން ހޯއްދަވާ ކާމިޔާބީއަށާއި، ތައުލީމު އުގެނުމާއި، މުބާރާތްތަކުގައި ހޯއްދަވާ ކާމިޔާބީ ފާހަގަކުރައްވާ ދެ ދަރިވަރުންނަށްވެސް ކާމިޔާބީއަށް އެދިފައިވެއެވެ. މީގެ އިތުރުންވެސް ނާއިބުރައީސް ވިދާޅުވީ ތައުލީމާށްޓަކައި މިހާރުވެސް އަދި ކުރިއައްއޮތް ތަނުގައިވެސް ބޮޑެތިހޭދަ ކުރައްވާނެކަަމަށެވެ.

މި ބައްދަލުވުމުގައި ހަނިމާދޫ ސްކޫލްގެ ފަރާތުން ސްކޫލުގެ ޕްރިންސިޕަލްއާއި ޓީޗަރުންވެސް ވަނީ ދަރިވަރުންނަށް ހިތްވަރުދީ ވާހަކަފުޅު ދައްކަވާފައެވެ. އަދި ކައުންސިލުން އަބަދުވެސް ސްކޫލްގެ ހަރަކާތްތަކަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް