ތިން ހާހަށް ވުރެ ގިނަ މީހުން ކެންޑިޑެންސީ ހުށައަޅައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިފަހަރު އިންތިޚާބަށް ކެންޑިޑެންސީ ހުށައަޅަން ޖެހެނީ ޕޯޓަލް މެދުވެރިކޮށް --- ފޮޓޯ: އިލެކްޝަންސް ކޮމިޝަން
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުގައި ވާދަކުރުމަށް ތިން ހާހަށްވުރެ ގިނަ މީހުން ފޯމު ހުށައަޅައިިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، ހޮނިހިރު ދުވަހުގެ ރޭގެ 8:00 އާއި ހަމައަށް، ޖުމްލަ3,498 ފަރާތަކުން ވަނީ ކެންޑިޑެންސީ ހުށައަޅާފައެވެ. އޭގެ ތެރޭގައި، ހިމެނެނީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ކެންޑިޑެންސީ ހުށައެޅި، 1,914 މީހުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ކެންޑިޑެންސީ ހުށައެޅި 1,585 މީހުންނެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް