މާލޭގެ ކެފޭ އެއްގެ ތެރޭގައި ހިންގި މާރާމާރީއަކާއި ގުޅިގެން 3 މީހުން ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ފުލުހުންގެ އިދާރާ --
މާލޭ މާވެޔޮމަގުގައި ހުރި، ކެފޭ އެއްގެ ތެރޭގައި 2 މީހަކު ހުއްދަނޫން ގޮތުގައި ހިފަހައްޓައި މާރާމާރީ ހިންގި މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިމާރާމާރީ ހިންގާފައި ވަނީ، މިއަދު އެވެ. އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ގއ. މާމެންދޫ / ޒެނިތު، އައިހަމް ޢާދިލް (24އ) އާއި، ގއ. މާމެންދޫ / އިފަން، އިފްހާމް އަޙްމަދު (19އ) ގެ އިތުރުން ކ. ކާށިދޫ / ދުންތަރި، މުޙައްމަދު ޝުނާން (21އ) ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ،
ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އެމީހުން ހައްޔަރުކޮށްފައި ވަނީ، ކެފޭއެއްގެ ތެރޭގައި ހުއްދަނޫންގޮތުގައި ދެ މީހަކު ހިފަހައްޓައި، އެ ދެ މީހުންނާމެދު މާރާމާރީ ހިންގައި، އަނިޔާކޮށް، ބިރުދެއްކި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުން ގެންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް