Post banner

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާއި ދެކޮޅަށް މާދަމާރޭ އެއްވުމެއް ބާއްވަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާއި ދެކޮޅަށް މާދަމާރޭ އެއްވުމެއް ބާއްވަނީ

ދިވެހިންގެ ބިން ދިވެހިންނަށް ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް --- ފޮޓޯ: އަދަދު

މިސަރުކާރުން ރަސްމާލޭގެ ބިމުން 500 ހެކްޓަރުން، ޔަހޫދީންނާއި ގާތްގުޅުންތަކެއް ބާއްވާ، ޔޫއޭއީގެ ވިޔަފާރިވެރިއެއްކަމުގައިވާ މުޙައްމަދު އަލްއައްބާރުގެ އީގަލްހިލްސްއަށް ދިނުމާއި ދެކޮޅަށް ބާއްވާ އެއްވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށާއި ޕާޓީގެ މެމްބަރުން ބައިވެރިވުމަށް އިދިކޮޅުޕާޓީ އެމްޑީޕީން ގޮވާލައިފިއެވެ،

މިއެއްވުން އޮންނާނީ، މާދަމާރޭ 20:30ގައި އާޓިފިޝަލް ބީޗުގައެވެ.

މި އެެެއްވުމަކީ، ރަސްމާލެ އީގަލްހިލްސްއަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެކަމާއި މެދު އާއްމުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ގޮވާލައި ބާއްވާ އެއްވުމެކެވެ.

ރަސްމާލެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެކަމާއި ގުޅޭގޮތުން އާއްމު ޚިޔާލު ހޯދުމުގެ ވޯޓެއް ނުނަގާނަމަ، ސީދާ ހަރަކާތަށް ނުކުތުމަށް އެމްޑީޕީން ވަނީ، އެޕާޓީގެ ޤައުމީ މަޖިލީހަށް ހުށައަޅައި ޤަރާރެއްވެސް ފާސްކޮށްފައެވެ.

މާދަމާ ރޭގެ އެއްވުމަކީ، "ދިވެހިންގެ ބިން ދިވެހިންނަށް" މިނަމުގައި ހިންގަމުން އަންނަ ހަރަކާތުން އިންތިޒާމް ކުރާ އެއްވުމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް