ކުޑަފަރި ނެރުފައިކައްޓަށް ތެޔޮބޯޓެއް އުރިއްޖެ
ލިޔުންތެރިޔާ
ކުޑަފަރުި ނެރުފައިކައްޓަށް ބޯޓު އުރިފައި --- ފޮޓޯ: ރައްޔިތުންގެ ނޫސް
ނ. ކުޑަފަރިއަށް ތެޔޮއަޅާފައި ނުކުންނަނިކޮށް ތެޔޮބޯޓެއް އެރަށު ނެރުފައިކައްޓަށް އުރިއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ، މިއަދު މެންދުރުފަހު، 14:20 އެހާއިރު ގައެވެ.
މިހާދިސާގައި ނެރުފައިކައްޓަށް އުރުނު ބޯޓު ފުންކޮށް ސަލާމަތް ކުރުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
މިއަހަރުގެ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހުވެސް ކުޑަފަރި ނެރުފައިކައްޓަށް ދޯންޏެއް އުރި ގެއްލުންތައް ލިބިފައި ވެއެވެ.
ކުޑަފަރީގެ ނެރުފައިކައްޓަށް އުޅަނދުފަހަރުތައް އުރު ގެއްލުންތައް ލިބުން އިތުރުވަމުން އަންނައިރު، އެ ނެރު ފައިކަށި ހެދުމުގެ މަސައްކަތް އޮތީ އެމްޓީސީސީއާ އޮތީ ހަވާލުވެސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް