Post banner
ރާއްޖެ •

ސީޕްލޭން އެކްސިޑެންޓްގައި ކުރޫއަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސީޕްލޭން އެކްސިޑެންޓްގައި ކުރޫއަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެނީ

އަނިޔާވި ކްރޫ އަށިގަނޑަށް ލައިގެން ޕްލެޓްފޯމް މަތިން އުފުލަނީ ---

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި، ހިނގި ހާދިސާގައި، ފްލައިޓްގެ ކެބިންކުރޫއަށް ސީރިއަސް އަނިޔާތަކެއް ލިބި ހޮސްޕިޓަލުގައި ފަރުވާދޭންފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި އެހާދިސާގައި އަނިޔާވި ކެބިން ކްރޫއަށް ފަރުވާދެމުން އަންނަނީ، ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އޭނާގެ ހާލު ނާޒުކުކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިއަދި މިހާދިސާ ހިނގީ ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި، ފްލައިޓަށް މައްސަލައެއް ދިމާވެ، ޑޮކްކޮށްފައި އޮތް އެހެން ފްލައިޓެއްގައިވެސް ޖެހި، ދެ ފްލައިޓަށްވެސް ގެއްލުންތަކެއް ލިބުމާއި ގުޅިގެންނެވެ. މިގޮތުން ފުރަން ޓެކްސީ ކުރަމުންދިޔަ ފްލައިޓްގެ ކަނދުބިނދި ދިޔަވެފައި ވާއިރު، އަނިޔާވެފައި ވަނީވެސް އެފްލައިޓްގެ ކެބިން ކުރޫއަކަށެވެ. އެހެން ނަމަވެސް މިހާދިސާގައި އެފްލައިޓްގައި ތިބި ފަސިންޖަރުންގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

މިހާދިސާ އާއި ގުޅޭ ގޮތުން އެމްއޭސީއެލްއިން ބުނީ، ކުޑައިރުކޮޅެއްގެ ތެރޭގައި ރަސްމީ ބަޔާނެއް ނެރޭނެ ކަމަށެވެ. ހާދިސާ އާއި ގުޅޭ ގޮތުން ޓީއެމްއޭއިން މިހާތަށް އެއްވެސް އެއްޗެއް އަދި ހާމައެއް ނުކުރެއެވެ. މީގެ އިތުރުން ފުލުހުންވެސް މިހާދިސާ އާއި ގުޅޭ ގޮތުން މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް