Post banner
ރާއްޖެ •

ސީ ޕްލޭނެއްގެ ކަނދެއް ހަލާކުވެ ވޯޓަރ ރަންވޭގައި ހާދިސާއެއް ހިނގައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސީ ޕްލޭނެއްގެ ކަނދެއް ހަލާކުވެ ވޯޓަރ ރަންވޭގައި ހާދިސާއެއް ހިނގައިފި

ޓީއެމްއޭގެ ބޯޓު ދިޔަވަނީ ---

ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ، ސީޕްލޭނެއްގެ ކަނދު ހަލާކުވެ، ވޯޓަރއެއަރޯޑްރޯމްގައި ހާދިސާއެއް ހިނގައިފިއެވެ.

މިހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު، ހާދިސާ އާއި ގުޅޭ ތަފްސީލެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެއެވެ.

ވައިގެ ދަތުރުފަތުރާއި ބެހޭ ރާއްޖޭގެ ޚަބަރުތައް ގެނެސްދޭ އޭވިއޭޓަރ މޯލްޑިވްސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ކަނދު ހަލާކުވި އެބޯޓު މިހާރު ވަނީ ސީޕްލޭން ޕްލެޓްފޯމް ކައިރިއަށް ގެނެސް ޑޮކްކޮށްފައެވެ.

ވޯޓަރ ރަންވޭގެ ސަރަހައްދުގައި ސީޕްލޭން އަރިއަޅާލާފައި އޮއްވައި ފެންނައިރު، އެބޯޓުގައި އެވަގުތު ތިބި މީހުން މޫދުތެރޭގައި ތިބި މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ. ހާދިސާ ހިނގި ބޯޓަކީ، ހުޅުލެއިން ފުރަން އުޅުނު ބޯޓެއް ކަމުގައި ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވާއިރު، އޭގެ ކުރިން ޓީއެމްއޭގެ ސީޕްލޭނެއް މާލެ އަތޮޅު ދެކުނުބުރީގެ ސަރަހައްދުގައި، ވަރަށް ގިނައިރު ވައިގެތެރޭގައި ބުރުޖަހަމުން ދިޔަ މަންޒަރު، ފްލައިޓް ރާޑަރ އެޕްލިކޭޝަނުން ފާހަގަ ވެފައި ވެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެފަދަ ހާދިސާއެއްގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާކަމަށާއި އެހެން ނަމަވެސް އެކަން ބަލަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް