ރ ވަންދޫ ވެމްކޯ ވަޒީފާއިން ވަކިކުރި ދެ މުވައްޒަފަކަށް އަލުން ވަޒީފާ ދީފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރ. ވަންދޫގައި މަސައްކަތް ކުރާ މުވައްޒަފުންނާއިއެކު ވެމްކޯގެ އެމްޑީ ބޭއްވި ބައްދަލުކުރެއްވުމެއްގެ ތެރެއިން --- ފޮޓޯ: ވެމްކޯ
ވެމްކޯ ރ ވަންދޫ ފެސިލިޓީއިން ވަޒީފާއިން ވަކިކުރި އިންނަމާދޫއަށް ނިސްބަތްވާ މުއައްޒަފަށް އަލުން ވަޒީފާދީފިއެވެ.
މިކަން ރައްޔިތުންގެ ނޫހަށް ވަނީ ކަށަވަރުވެފައެވެ.
ވެމްކޯ ރ ވަންދޫ ފެސިލިޓީގައި ވަޒީފާއަދާކުރަމުން އައި އިންނަމާދޫއަށް ނިސްބަތްވާ އެ ދެ މުވައްޒަފުން ވަޒީފާއިން ވަކިކުރީ، މިމަހުގެ 4 ވަނަ ދުވަހާއި 5 ވަނަ ދުވަހުގައެވެ. އެމުވައްޒަފުން ވަޒީފާއިން ވަކި ކުރިކަމަށް އަންގައި ފޮނުވި ލިޔުމުގައި ބުނެފައި ވަނީ، ކުންފުނީގެ މާލީ ހާލަތާއި ގުޅިގެން ރިޑަންޑަންޓް ކުރުމަށް ނިންމި މުވައްޒަފުންގެ ތެރޭގައި އެދެ މުވައްޒަފުން ހިމެނިފައިވާތީ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އަލުން ވަޒީފާ ދިން ސަބަބެއް ސާފެއް ނުވެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަދަދެއްގެ މުއައްޒަފުން ވަކިކުރާނެ ކަމުގައި ރައީސް މުޢިއްޒު މީގެ ދުވަސްކޮޅެއް ކުރިންވަނީ ވިދާޅުވެފައެވެ. އަދި ކުންފުނިތަކުން ގިނައަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން އަންނައިރު، ވަޒީފާއިން ވަކިކުރާ ބައެއް މުވައްޒަފުންނަށް އަނބުރާ ވަޒީފާ ދެމުންވެސް އެބަގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް