ދުނިޔެ

މަސްޖިދުލް އަޤުޞާގައި ނަމާދު ކުރުމަށް އަލުން ހުޅުވާލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަސްޖިދުލް އަޤުޞާގައި ނަމާދު ކުރުމަށް އަލުން ހުޅުވާލައިފި

އަލް މަސްޖިދުލް އަޤުޞާގައި މިއަދު ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން ---

މުސްލިމުންގެ މުޤައްދަސް ތިން ޙަރަމްގެ ތެރޭގައި ހިމެނޭ، އަލް މަސްޖިދުލްއަޤުޞާ ބާރުގެ ބޭނުންކޮށްގެން ބަންދުކޮށްފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސްފަހުން އިއްޔެ ހުޅުވާލައިފިއެވެ.

ޤުދުސް އާއި ހުޅަނގުއައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ މުސްލިމުންނަށް މަސްޖިދުލްއަޤުޞާއަށް ވަދެވޭ ގޮތަށް، ސަޙްޔޫނީ ދައުލަތް، އިޒްރޭލުން އަލުން ހުޅުވާލީ، ބުރާސްފަތި ދުވަހުގެ ފަތިސް ނަމާދުން ފެށިގެންނެވެ. އިޒްރޭލުން އަލްމަސްޖިދުލްއަޤުޞާ ބަންދުކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އެމިސްކިތަށް ނުވަދެވޭ ގޮތަށް ފިޔަވަޅުތައް އެޅީ ހުސްވި ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު، އިޒްރާއީލު އިސްވެ އޮވެ އެމެރިކާ އާއި ގުޅިގެން އީރާނާއި ދެކޮޅަށް ހަނގުރާމަ ފެށުމަށް ފަހުގައެވެެ.

40 ދުވަސް ފަހުން އަލްއަޤުޞާ ހުޅުވާލި އިރު، މިއަދު އެމިސްކިތުގައި ވަނީ، ހުކުރު ނަމާދުކޮށްފައެވެ. އަލްއަޤުޞާ ބަންދުކުރުމާއި ގުޅިގެން އެމިސްކިތުގައި މިއަހަރުގެ ފިޠުރު ޢީދު ނަމާދުވެސް ނުކުރެވުނެވެ. 1967 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އެމިސްކިތުގައި ޢީދު ނަމާދު ނުކުރެވުނީ މިއަހަރުގައެވެ.

އިޒްރޭލުން ހުޅަނގުއައްސޭރި އާއި އިރުމަތީ ޤުދުސް އިސްތިޢުމާރުކުރީ، 1967 ވަނަ އަހަރުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް