އީރާނުގެ ކުރީގެ ރައީސް އަވަހާރަކޮށެއް ނުލެވޭ، ހެޔޮހާލުކޮޅުގައި އެބަހުންނެވި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އީރާނުގެ ކުރީގެ ރައީސް މަޙްމޫދު އަޙްމަދީ ނިޖާދު -- ފޮޓޯ: އޭއެފްޕީ
އީރާނުގެ ކުރީގެ ރައީސް މަޙްމޫދު އަޙްމަދީ ނީޖާދު އަވަހާރަކޮށްލުމަށް ދިން ހަމަލާއެއް އެމަނިކުފާނު ސަލާމަތްވެވަޑައިގެންފައިވާ ކަމުގައި އީރާނުން ބުނެފިއެވެ.
އީރާނުގެ ބައެއް މީޑިއާތަކުން ވަނީ، އަޙުމަދީ ނީޖާދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހުގައި އެމަނިކުފާނު ޝަހީދުވެއްޖެކަމުގެ ޚަަބަރުތައް އާދީއްތަ ދުވަހު ބައެއް މީޑިއާތަކުން ފަތުރާފައި ވީނަމަވެސް އެކަން ދޮގުކޮށްފައެވެ.
ނީޖާދު ވަނީ އީރާނުގެ ސްކޫލަކަށް އަމާޒުކޮށް އެމެރިކާ އާއި އިޒްރޭލުން ދިން ވައިގެ ހަމަލާގައި މަރުވި 160ވުރެ ގިނަ ކުޑަކުދިންގެ ޖަނާޒާގެ ކަންކަމުގައިވެސް ބައިވެރިވެ ވަޑައިގެންފައި ކަމުގައި އީރާނުގެ މީޑިއާތަކުން ހާމަކޮށްފައި ވެއެވެ.
އެމެރިކާ އާއި އިޒްރާއީލުން އަންނަނީ އީރާނުގެ އިސްލީޑަރުންނާއީ، ކުރީގެ ވެރިންނަށްވެސް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. އެމެރިކާ އާއި އިޒްރޭލުގެ މައިގަނޑު ބޭނުމަކީ، އީރާނުގެ ވެރިކަން ވައްޓާލައި އެމެރިކާއިން ބޭނުންވާ ފަދަ ގޮނޑިކޮއްކޮ ސަރުކާރެއް އީރާނުގައި ޤާއިމް ކުރުމެވެ.
ފެބުރުއަރީ މަހުގެ 29 ވަނަ ދުވަހު، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފަށް އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގައި އީރާނުގެ ރޫޙީ ލީޑަރު އާޔަތުﷲ ޢަލީ ހާމަނާއީ އާއި، އީރާނުގެ ސަރުކާރުގެ އިސްވެރިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ވަނީ އަވަހާރަކޮށްލާފައެވެ. އެހެން ނަމަވެސް އީރާނުގެ ސަރުކާރު ވައްޓާލުމަށް އެމެރިކާއިން ކުރަމުން އަންނަ މަސައްކަތްތައް ކާމިޔާބު ވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް