އާއްމުންގެ ވޯޓަކާއި ނުލައި ރައީސް ނަޝީދަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ މަޤާމު ލިބޭނެ މަގެއްކޮށަން ހުށައަޅައިފިި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ޙުސައިން ޝާފިއު (ޗާލީ ތުއްތު)
ރައީސް ނަޝީދަށް ކައުންސިލަރުންނާއި މަޖިލިސް މެމްބަރުންގެ ވޯޓުން އެކަނި ދައުލަތުގެ ވެރިޔަކަށް އާދެވޭ ގޮތަށް، "ބޮޑު ބަދަލު"ގެ ނަމުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެންނައުމުގެ މަސައްކަތް، ރައީސް ނަޝީދާއި ފައްޔާޒު އިސްމާއީލް ފައްޓަވައިފިއެވެ.
މިބަދަލުތަކާއި ގުޅޭ މައުލޫމާތު ދިނުމަށް، މިއަދު އެ ދެބޭފުޅުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ. އެބައްދަލުވުމުގައި ޤާނޫނު އަސާސީ އާއި ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެންނަން ފެންނަ ބަދަލުތަކުގެ ގޮުތުގައި އެބޭފުޅުން ހާމަކުރައްވާފައި ވަނީ، ރިޔާސީ ނިޒާމާއި، ބަރުލަމާނީ ނިޒާމުގެ ސިފަތައް އެއްކޮށްލައިގެން ގެންނަ މަސްހުނި ނިޒާމެކެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި، ރައީސް ނަޝީދު ވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒު ވާދަކުރެއްވުމަށް ތާއީދު ކުރައްވާކަން ހާމަކުރައްވައި، އަދި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެޕާޓީގެ ޗެއާޕާސަންގެ މަޤާމަށް އެމަނިކުފާނު ވާދަކުރައްވާނެކަންވެސް އިޢުލާނު ކުރައްވާފައެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ފައްޔާޒު ވަނީ، އޭނާއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ ދައުލަތުގެ އެންމެ އިސްވެރިޔަކީ ރައީސް ނަޝީދުކަމުގައި ހައްދަވާނެ ކަމަށެވެ.
މިހާރު އޮންނަ ގޮތުން ދައުލަތުގެވެރިޔަކީވެސް ސަރުކާރުގެ އެންމެ އިސްވެރިޔާއެވެ. ބޮޑު ބަދަލުގެ ގޮތުގައި އެބޭފުޅުން ހުށައަޅުއްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ކުޑަކުރުމާއި އެކު ދައުލަތުގެ އެންމެ އިސްވެރިޔަކީ އެހެން ބޭފުޅެއްގެ ގޮތުގައި ހަމަޖެއްސުމެވެ. އަދި ދައުލަތުގެ ވެރިޔާ ހޮވާނީ، އާއްމު ރައްޔިތުންގެ ވޯޓަކަށް ނުގޮސް ރައްޔިތުންގެ މަޖިލީހާއި ކައުންސިލުތައް ފަދަ އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ މެދުގައި ވޯޓުލައިގެން ކަމުގައިވެސް އެބޭފުޅުން ވަނީ ޚިޔާލުފާޅު ކުރައްވާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، އެބަދަލުތައް ގެނައުމަށް 2028 ވަނަ އަހަރަށް މަޑު ނުކޮށް މިހާރުވެސް މަސައްކަތްކުރަން ޖެހޭ ކަމަށާއި، އެންމެ ފުރަތަމަކަމަކަށް ކުރައްވާނީ، އެމްޑީޕީގެ އާއްމު މެމްބަރުންގެ ތާއީދު އެކަމަށް ހޯއްދެވުން ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް