މާލޭ ހިޔާ 1 ގެ 5ވަނަ ފްލޯއިން އުމުރުން ދުވަސްވީ މީހަކު ވެއްޓިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހުންގެ މައިމަރުކަޒު ---
މާލޭ ހިޔާ 1ގެ 5 ވަނަ ފްލޯއިން އުމުރުން ދުވަސްވީ މީހަކު ވެއްޓިއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވަނީ، އެހާދިސާ ހިނގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 6:50 ހާއިރުގައި ކަމަށެވެ.
ވެއްޓުނު މީހާއަކީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާއަށް އައިޖީއެމްހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް ފުލުހުންގެ އިދާރާއިން ވިދާޅުވީ އެހާދިސާ ހިނގަން މެދުވެރިވި ސަބަބު ބެލުމަށްޓަކައި މައްސަލަ ތަޙްޤީޤުކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް