Post banner
ރަށްރަށުން

ނޫނު ފައިނަލްގައި ތާރީޚީ ރަން ވަނައެއް މަގޫދޫއިން ހޯދައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ނޫނު ފައިނަލްގައި ތާރީޚީ ރަން ވަނައެއް މަގޫދޫއިން ހޯދައިފި

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕްގެ ނ އަތޮޅު ފައިނަލްގައި 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން މަގޫދޫ ޗެމްޕިއަންކަން ހޯދައިފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި މަގޫދޫ ޓީމްގެ ގޯލްތައް ޖެހީ މުޙައްމަދު އިޙްސާން އާއި ސައުދު މުޙައްމަދު އާއި މުޙައްމަދު އިރުޝާދެވެ. މުޙައްމަދު އިޙްސާން އެއް ގޯލު ޖެހި އިރު، ސައުދު މުޙައްމަދު އާއި މުޙައްމަދު އިރުޝާދު، ކޮންމެ ކުޅުންތެރިއަކު ދެގޯލު ޖެހިއެވެ.

މެޗު ޑޮމިނޭޓްކޮށް،މެޗުގައި ގިނަ ހަމަލާތަކެއް އުފައްފާފައިވަނީ މަގޫދޫ ޓީމުންނެވެ. މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މަގޫދޫ ޓީމުގެ މުޙައްމަދު އިރުޝާދު (ޑަމޯ)އެވެ. މުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިޔަކީ މަނަދޫ ޓީމުގެ ޙަސަން ނާއިފްއެވެ. ފެއަރޕްލޭ ޓީމަކީ މަނަދޫ ޓީމެވެ.

މުބާރާތުގެ ޓޮޕް ސްކޯރަރ މަގޫދޫ ޓީމުގެ ޖާރޒީ ނަމްބަރު 99، މުޙައްމަދު އިރުޝާދެވެ. އެންމެ މޮޅު ކޯޗަކީ މަގޫދޫ ޓީމުގެ ކޯޗް އިނާޒް ﷲއަބްދުއެވެ.

އެންމެ މޮޅު ފަސް ކުޅުންތެރިން

1- ޖަރޒީ ނަމްބަރު 77 ޙަސަން ނާއިފް މަނަދޫ

2- ޖަރޒީ ނަމްބަރު 99 މުޙައްމަދު އިރުޝާދު މަގޫދޫ

3- ޖަރޒީ ނަމްބަރު 10 ރައުފަތު އަބޫބަކުރު މަނަދޫ

4- ޖަރޒީ ނަމްބަރު 12 އަފްރާހް މުޙައްމަދު މާފަރު

5- ޖަރޒީ ނަމްބަރު 22 މުޙައްމަދު ޖަމީލް(ގޯލް ކީޕަރ) މަގޫދޫ

މުބާރާތުގެ ކިންގް އޮފް ޓޯނަމެންޓްގެ މަޤާމަށް ހޮވުނީ މަގޫދޫ ޓީމުގެ މުަޙައްމަދު އިރުޝާދެވެ.

ޚަބަރު ލިޔުނީ: ޙަސަން ސާތިއު - ރަށު ރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް