ހެލްތު މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ނާޒިމް މިނިސްޓަރެއްގެ ފެންވަރުގައި ރައީސް އޮފީއަށް ޢައްޔަނުކުރައްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކުރީގެ ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ---
މިދިޔަ އޭޕްރީލް މަހު ހެލްތު މިނިސްޓަރުގެ މަޤާމުން އިސްތިއުފާ ދެއްވި، ޢަބްދުﷲ ނާޒިމް އިބްރާހީމް، މިނިސްޓަރެއްގެ ފެންވަރުގައި އަލުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޢައްޔަނުކުރައްވައިފިއެވެ.
ނާޒިމް އެމަޤާމަށް ޢައްޔަނުކުރައްވާފައިވަނީ މި ނިމުނު ހަފްތާގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ހާމަކުރައްވާފައިވާ ގޮތުގައި ނާޒިމް ޢައްޔަނުކުރައްވާފައި ވަނީ، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަޤާމަށެވެ.
ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓްގެ މަޤާމުތަކަށް ޢައްޔަނުކުރައްވާ ބޭފުޅުންގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ނަމަވެސް ނާޒިމް އެމަޤާމަށް ޢައްޔަނުކުރެއްވި ޚަބަރު ރައީސް އޮފީހުގެ ވެބްސައިޓްގައި ހާމަކޮށްފައެއް ނުވެއެވެ. ނާޒިމް ހެލްތު މިނިސްޓަރުގެ މަޤާމުން އިސްތިއުފާ ދެއްވީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގައެވެ. އެދުވަހު 10 މިނިސްޓަރުން އިސްތިއުފާދިން އިރު، ނާޒިމް ހިމެނޭ ގޮތުން، ގިނަ މިނިސްޓަރުންތަކެއް މަޤާމުތަކުން އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ ކުއްލި ގޮތަކަށް އެންގެވުމުން ކަމުގައި ޚަބަރުފެތުރިފައިވެއެވެ.
ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަޤާމުގައި ކުރިން ހުންނެވީ، ސްޓެލްކޯގެ އެމްޑީ ކަމުގެ މަޤާމުން ވަކިކުރެއްވުމަށްފަހުގައި އެމަޤާމަށް ޢައްޔަނުކުރެއްވި، ޙުސައިން ފަޙްމީއެވެ. އެމަޤާމުން ފަޙްމީ ވަކިކުރައްވައި އެމްޑަބުލިޔުއެސްސީގެ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމަށް ޢައްޔަނުކުރެއްވީ، އޭނާ އެ މަގާމަށް އައްޔަންކުރެއްވީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގައެެވެ.
ކެބިނެޓަށް ބަދަލު ގެންނަވައި، ކުންފުނިތަކުގެ އިސްވެރިންގެ މަޤާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ބަދަލުގެންނެވީ، އޭޕްރީލްމަހު ބޭއްވި ޚިޔާލު ހޯދުމުގެ ވޯޓުގަޔާއި، ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއަށް ފަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް