ހިމަބިހި ޖެހޭ މީހުންގެ އަދަދު އިތުރުވާތީ އައިޖީއެމްއެޗްގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް --
ރާއްޖެއިން މުޅިން ނައްތާލެވިފައިވާ ކަމަށް ރެކޯޑްކޮށްފައިވާ ބައްޔެއް ކަމުގައިވާ ހިމަބިހި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ، އައިޖީއެމްއެޗުން ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.
އައިޖީއެމްއެޗްއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި، ހިމަބިއްސަށް ޝައްކު ކުރެވޭ މީހުންގެ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްޓަކައި އެހޮސްޕިޓަލްގައި މިހާރު ވަނީ ހެލްޕްޑެސްކެއް ޤާއިމްކޮށްފައެވެ.
މިގޮތުން އެ ހެލްޕް ޑެސްކް ޤާއިމްކޮށްފައި ވަނީ، އެމްބިއުލާންސް ޕޯޓިކޯ ކައިރީގައި ކަމަށާއި، އެއްވެސް މީހެއްގެ ކިބައިން ހުމާއެކު ރަތްކުލައިގެ ބިހިނެގުންފަދަ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ޑޮކްޓަރަށް ދެއްކެވުމަށްޓަކައި އެހެލްޕްޑެސްކަށް ރިޕޯޓްކުރެއްވުމަށް އެދޭ ކަމުގައި އައިޖީއެމްއެޗުން ވަނީ އެދިފައެވެ. އަދި އެ ހެލްޕްޑެސްކުގެ ޚިދުމަތް ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:00އިން ފެށިގެން ރޭގަނޑު 11:00އަށް ލިބޭނެ ކަމުގައިވެސް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.
އަދި ހިމަބިހީގެ އަލާމާތްތައް ހުރި ކުޑަކުދިން ގޮވައިގެން ޑޮކްޓަރަށް ވަޑައިގަންނަވާއިރު ކުޑަކުދިންގެ އީއާރްގެ ޓްރައޭޖްގެ ނަރުހަކަށް އެކަން އެންގެވުމަށްވެސް ހޮސްޕިޓަމުން ވަނީ އެދިފައެވެ.
އައިޖީއެމްއެޗުން ވަނީ، ހުން އައުމާއިއެކު ރަތްކުލައިގެ ބިހިތަކެއް ނަގާފައިވާނަމަ ޑޮކްޓަރަށް ދައްކަވަން ހޮސްޕިޓަލަށް ވަޑައިގަންނަވާއިރު، އެފަދަ ފަރާތްތަކުން މާސްކު އެޅުއްވުމަށާއި، އެހީތެރިންގެ ގޮތުގައި ވީހާވެސް މަދުން ބޭފުޅުން ވަޑައިގެންނެވުމަށްވެސް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް