Post banner
ރާއްޖެ

އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ އާއެކު އެމްބީއެސްގައި ލޭގެ ތަޙްލީލުތައް ކުރަން ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ އާއެކު އެމްބީއެސްގައި ލޭގެ ތަޙްލީލުތައް ކުރަން ފަށައިފި

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މޯލްޑިވްސް ބްލަޑް ސަރވިސަސްގައި ނިއުކްލިއިކް އެސިޑް ޓެސްޓިންގ ޚިދުމަތް މިއަދު ފަށައިފިއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ ލޭގެ ޚިދުމަތް ޒަމާނީ ފެންވަރަށް ގެންދިޔުމުގައި ހާޞިލްކުރެވުނު ވަރަށް މުހިއްމު ތާރީޚީ މަރުހަލާއެއް ކަމަށެވެ.

މިގޮތުން، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ފެށުނު މި ޚިދުމަތަކީ، ހަދިޔާކުރައްވާ ލޭގައި ހުރެދާނެ HIV، Hepatitis B (HBV) އަދި Hepatitis C (HCV) ފަދަ ބަލިތައް އާދައިގެ ތަހްލީލަކަށްވުރެ، އެތަށް ގުނައެއް އަވަހަށް އަދި ޔަޤީންކަމާއެކު ދެނެގަނެ، ލޭ އެޅުމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބޭނުންކުރަމުން އަންނަ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި ޚާއްސަ ގޮތެއްގައި، މި ޚިދުމަތް ތައާރަފް ކުރެވިގެން ދިޔުމަކީ، ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ލޭގެ ޚިދުމަތުގެ ރައްކާތެރިކަން އިތުރުކޮށް އަދި ޒަމާނީ ކުރުމަށްޓަކައި ކުރެވުނު މުހިއްމު މަސައްކަތެއްގެ އިތުރުން، މިއީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ޚިދުމަތް ގެންދިޔުމަށް ކުރެވޭ ތާރީޚީ މަސައްކަތުގައި ކުރިޔަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމުގައިވެސް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.

ރާއްޖޭގައި، ލޭއެޅުުމުގެ ޚިދުމަތް ދިނުމުގައި ހަރުކަށި ޤަވާއިދުތަކެއް ތަންފީޒު ކުރަމުން އައި ނަމަވެސް، 2014 ވަނަ އަހަރުގެ ތެރޭގައި، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގެ ލެބޯޓްރީ ޓެކްނީޝަނެއްގެ އިހުމާލުން، މާބަނޑު އަންހެނެއްގެ ގަޔަށް އެޗްއައިވީ ހުރި ލޭ އެޅުނު މައްސަލަ ފެންމަތިވިއެވެ. އެހާދިސާ އާއި ގުޅިގެން ލޭއެޅުމުގެ ޚިދުމަތުގެ ފެންވަރާއި އަދި ބެލެހެއްޓުންތެރިކަމާއި މެދު އާއްމުން އައީ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް