ރާއްޖެ

ފްލައިޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި ދިވެއްސަކު ހައްޔަރުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފްލައިޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި ދިވެއްސަކު ހައްޔަރުކޮށްފި

ބަޓިކް އެއާގެ ފްލައޮޓެއް —

ބުރާސްފަތި ދުވަހުގެ ރޭ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖެއްސި ފްލައިޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާއަކީ، ބުރާސްފަތި ދުވަހުގެ ރޭ ބަޓިކް އެއާއިން ރާއްޖެއައި މީހެއް ކަމަށެވެ. އެހެން ނަމަވެސް އެހާދިސާ އާއި ބެހޭ އެއްވެސް ތަފްޞީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފްލައިޓް ތެރޭގައި ހަމަނުޖެހުން ހިންގައިގެން މީހަކު ހައްޔަރުކުރިކަން ފުލުހުން ހާމަކުރީ އޮންލައިން ނޫސް އަދަދުން، ފުލުހުންގެ ރަސްމީ ވަޓްސް އެޕް ގުރޫޕުގައި އެކަމާއި ގުޅޭ ގޮތުން ސުވާލުކުރުމުންނެވެ.

އެމީހާއަކީ ޑިޕްލޮމެޓިކް ޕާސްޕޯޓެއް ގެންގުޅޭ މީހެއް ކަމަށާއި އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް އަދަދަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައި ވެއެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ވިދާުޅުވެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް