Post banner
ރާއްޖެ •

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

އެމްޑީޕީން އެންމެފަހުން ބޭެއްވި ކޮންގްރެސްގެ ތެރެއިން --- ފޮޓޯ: އެމްޑީޕީ

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީންވާ އެޕާޓީގެ ޤައުމީ މަޖިލީހުގެ މަޤާމުތަކަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދު ފުރުޞަތު ހުޅުވާލައިފިއެވެ.

އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި، ޤައުމީ މަޖިލީހުގެ މަޤާމުތަކަށް ކުރިމަތި ލެވޭނީ، މި ހިނގާ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ 2:00 އާއި ހަމައަށް އެޕާޓީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި ޕާޓީގެ ރަޖިސްޓްރީއަށް ބަލައި ރަށްތަކުންނާއި ސިޓީތަކުން ހޮވާނެ މެމްބަރުންގެ އަދަދުވެސް ކަނޑައެޅިގެންދާނީ، އެދުވަހުގެ ފަހުން ކަމުގައި އެމްޑީޕީން ވަނީ ހާމަކޮށްފައެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ކެންޑިޑެންސީ ހުށައަޅާއިރު، ކޮންމެ މެމްބަރަކުވެސް 1000ރގެ އިދާރީ ފީއެއް ދައްކަން ޖެހެއެވެ. އަދި އިންތިޚާބުގައި ވާދަކުރުމަށް ހުށައަޅަންޖެހެނީ، އެޕާޓީގެ އެޕްލިކޭޝަން ޔެލޯ މެދުވެރިކޮށެވެ.

އެމްޑީޕީން އެޕާޓީގެ ޤައުމީ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ނިންމާފައި ވަނީ، އަންނަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް