Post banner
ރާއްޖެ

މިތިބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ސާބިތުވެ: އަބްދުއްރަހީމް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މިތިބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ސާބިތުވެ: އަބްދުއްރަހީމް

ޕީއެންސީގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ: ޕީއެންސީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ސާބިތުވެ ހުންނެވި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަހީމް މިހެން ވިދާޅުވީ، ރައީސް ޑރ، މުޙައްމަދު މުޢިއްޒުގެ ހުށައެޅުމެއް ޕީއެންސީގެ ސެނެޓުން ފުރަތަމަފަހަރަށް ބަލައިނުގަތް ކަމަށް ބުނެ އޮންލައިން ނޫސް އަދަދުން ފެތުރު ޚަބަރު ދޮގު ކުރައްވައި ކުރެއްވި ޕޯސްޓުގައެވެ.

ޢަބްދުއްރަހީމް ވިދާޅުވީ، އެއީ ކަނޑައެޅިގެން ހަގީގަތާ ޚިލާފުވާހަކައެއް ކަމަށާއި، މެންބަރުންގެ މަޖިލީހުން ވަކި ގޮތަކަށް ކަމެއް ނިންމުމަށް ރިޔާސަތުން ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހުށައަޅުއްވާފައި ނުވާ ކަމަށެވެ. އަދި ޕީއެންސީއަކީ ޑިމޮކްރަސީގެ ރިވެތި އުޞޫލުން ހިންގާ ޕާޓީއެއް ކަމުގައިވެސް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

"ފިތުނަ ފަސާދަ އުފައްދައިގެން އަޅުގަނޑުމެން ބައިބައެއް ނުކުރެވޭނެ. އަޅުގަނޑުމެން މިތިބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ސާބިތުވެ." ޢަބްދުއްރަހީމްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ޢަބްދުއްރަހީމް މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، ޢަބްދުއްރަހީމާއި ދެމެދު ގުޅުން ގޯސްވެ، ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް އެންމެ ފުރަތަމަ ޢައްޔަނު ކުރެއްވި، ޢަބްދުއްރަހީމްގެ ދަރިފުޅު ފައިސަލް އެމަޤާމުން ވަކިކުރެއްވީ މިދިޔަ އަހަރުގައެވެ. ފައިސަލް އެމަޤާމުން ވަކިކޮށްފައި ވަނީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އަދި ޢަބްދުއްރަހީމް މަޖިލީހުގެ ރައީސް ކަމުން ވަކިކުރަން އުޅޭ ވާހަކައެއްވެސް އެދުވަސްވަރު ފެތުރުނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް