Post banner
ރާއްޖެ

ހިމަބިހި ޖެހުނު މީހުންގެ އަދަދު 22 އަށް އަރައިފި، ގިނައީ ދިވެހިން

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހިމަބިހި ޖެހުނު މީހުންގެ އަދަދު 22 އަށް އަރައިފި، ގިނައީ ދިވެހިން

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް --

ރާއްޖެއިން މުޅިން ނައްތާލެވިފައިވާ ކަމަށް، ޑަބުލިޔުއެޗްއޯއިން ކަނޑައަޅާފައިވާ، ބަލި، ހިމަބިހި ޖެހުނު މީހުންގެ އަދަދު 22 އަށް އަރާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ނެރުނު ނޫސްބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި ވޭތުވެ ދިޔަ ހަފްތާގައި ހިމަބިހީގެ އިތުރު 2 ކޭސް މާލެ ސަރަހައްދުން ފެނިފައިވާއިރު، މިހާތަނަށް 22 މީހުންނަށް މި ބަލި ވަނީ ޖެހިފައެވެ.

މީގެ އިތުރުން ހިމަބިއްސަށް ފައްސިވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

ރާއްޖޭގައި މި ބަލި ފެތުރެމުން އަންނާތީ ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން، އިސްސަފުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ޖުމްލަ 1،537 ފަރާތަކަށް ވަނީ ވެކްސިންދީފައިކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

މީގެ އިތުރުން، ބައްޔަށް ފައްސިވި މީހުންގެ ފަރާތުން ހިމަބިހި ޖެހުމުގެ ފުރުސަތު އޮތް 543 މީހެއް ވަނީ ފާހަގަކޮށްފައެވެ. އަދި އެފަރާތްތަކުގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ 220 ފަރާތްތަކަށް ހިމަބިހީގެ ވެކްސިންވަނީ ދީފައެވެ.

އަވަށްޓެރި ޤައުމުތަކުގައި ވަރަށް ބޮޑަށް މިބަލި ފެތުރެމުން އަންނައިރު، ރާއްޖެއިންވެސް މިހާރު އަންނަނީ މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންނެވެ.

 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް