ފެނަކައިގެ މުވައްޒަފުންނަށް ކުންފުނިން ދޭން ނިންމި ރޯދަ ހަދިޔާ ނުދޭން ނިންމައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފެނަކަ ކުންފުނީގެ މުވައްޒަފުން މަސައްކަތުގައި --- ފޮޓޯ: ފެނަަކަ
ކުރިޔަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާއި ގުޅިގެން ފެނަކަ ކޯޕަރޭޝަނުން އެކުންފުނީގެ މުވައްޒަފުންނަށް ދޭން ނިންމި ރޯހަދަ ހަދިޔާ ނުދޭ ގޮތަށް ނިންމައިފިއެވެ،
މިއަހަރުގެ ރޯދަމަހަށް ފެނަކައިން އެކުންފުނީގެ ކޮންމެ މުވައްޒަފަކަށްވެސް ރޯދަ ހަދިޔާގެ ގޮތުގައި، އެސްޓީއޯއިން ވިޔަފާރިކުރެވޭނެ ވައުޗަރެއް ދިނުމަށް ނިންމިއެވެ، އެކަން އެކުންފުނިން ހާމަކުރީ، ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ނެރުނު މެމޯއިންނެވެ. އެހެން ނަމަވެސް އިއްޔެ ވަނީ އެނިންމުން ބަދަލުކޮށް ވައުޗަރު ނުދޭން ނިންމިކަން އަންގައި މެމޯއެއް ފޮނުވާފައެވެ.
އިއްޔެ އެކުންފުނީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަނުން، ޑިރެކްޓަރ މާޔާ ހާޝިމް ސޮއިކުރައްވައި ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކަށް ފޮނުވާފައިވާ މެމޯގައި ބުނެފައި ވަނީ، މިއަހަރުގެ ރަމަޟާން މަހަށް ހަދިޔާގެ ގޮތުގައި ކުންފުނީގެ ކޮންމެ މުވައްޒަފަކަށް އެސްޓީއޯ ވައުޗަރު ދިނުމަށް މެނޭޖްމެންޓުން ނިންމާފައި ވީނަމަވެސް އެނިންމުން މިހާރު ބާޠިލްކޮށްފައިވާ ކަމަށެވެ.
ފެނަކައިން ނެރުނު މެމޯ ސޯޝަލްމީޑިއާގައި ދައުރުވަމުންދާއިރު، ކުރިންދޭން ނިންމި ހަދިޔާ ރަމަޟާންމަސް ފެށެން ކުޑަތަންވެފައި ވަނިކޮށް ނުދޭން ނިންމި ސަބަބަކާއި ގުޅޭ ގޮތުން ފެނަކައިން ރަސްމީ ސިފައެއްގައި މީޑިއާގައި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.
ފެނަކަ ކޯޕަރޭޝަނަކީ، ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ތިބި ކުންފުންޏެވެ. އެކުންފުނިން މުސާރަދޭ މުވައްޒަފުންގެ އަދަދު 5000 ވުރެ މަތިވާނޭ ކަމަށް ނުރަސްމީ ރިޕޯޓްތައް ބުނެއެވެ.
މިއަހަރުގެ ރަމަޟާންމަސް ފެށެން ބާކީ އޮތީ ހަފްތާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް