މާލީ އަދި ފަންނީ ބޭފުޅުންގެ ލަފަޔާއި އިރުޝާދުތަކަށް ތަބާވުމަށް ކުރީގެ ނައިބު ރައީސް ގޮވާލައްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް --- ފޮޓޯ: ރައީސް އޮފީސް
މާލީ އަދި ފަންނީ ބޭފުޅުންގެ ލަފަޔާއި އިރުޝާދުތައް އަޑުއަހައި، އެބޭފުޅުންނަށް ޒިންމާ އަދާ ކުރެއްވުމަށް ފުރުޞަތު ދެއްވުމަށް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފިއެވެ.
ނައިބު ރައީސް ފައިސަލް މިކަމަށް ގޮވާލެއްވީ، ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ހިންގަން އުޅޭ ފައިސާ ޗާޕުކުރުމުގެ މުއާމަލާތާއި ގުޅިގެން ކަންބޮޑުވުންތައް އުފެދިފައި ވަނިކޮށެވެ.
ފައިސަލް ވިދާޅުވީ، މުހިންމު މަޤާމު ތަކުގައި ތިއްބަވާ ބޭފުޅުން ދެއްވާ ލަފަޔާއި މަޝްވަރާ ޤަބޫލުފުޅު ނުކުރައްވައި، އެ ބޭފުޅުންނަށް މަޤާމުގެ ޒިންމާތަކާއި މަސްޢޫލިއްޔަތު އަދާކުރުމަށް ފުރުޞަތު ނުދެއްވައި، ސަރުކާރަށް އެހިނދަކު ފެންނަ ގޮތަކަށް ޢަމަލުކޮށް މަޤާމު ތަކުން މީހުން ބަދަލު ކުރުމަކީ، މުޅި ނިޒާމު ހަލާކުވެ އޭގެ ދާއިމީ ގެއްލުން ރައްޔިތުންނަށް ކުރާނެ އަދި ރައްޔިތުން ތަކުލީފު އުފުލަން ޖެހޭނޭ ކަމެއް. ކަމަށެވެ. މިގޮތުން މަޖިލީހުގެ މެމްބަރުން ތަޅު އަޅުވައި އޮބަހެއްޓުމާއި، ނުފޫޒު ފޯރުވައި ކޯޓު ތަކުގެ ބެންޗު ބަދަލު ކުރުމާއި، މާލީ އިދާރާ ތަކުގެ ބޯޑު ތަކުން މެމްބަރުން ވަކިކުރެއްވުމާއި، އިސްތިއުފާ ދެއްވަން މަޖުބޫރު ކުރައްވައިގެން ބޭނުންފުޅުވާ ކަމެއް ބޭނުންފުޅުވާ ގޮތަކަށް ކުރައްވާ ނަމަ، އެ ހަލާކު ކޮށްލެވެނީ މުޅި ޤައުމުގެ މުސްތަޤުބަލުކަމުގައިވެސް ފައިސަލް ވިދާޅުވިއެވެ.
ރާއްޖޭގެ ނާޒުކު އިޤުތިޞާދު ހަލާކުވެ، ރައްޔިތުން ބިކަވެގެން ހިނގައިދާނެ ހާލަތެއް މެދުވެރިވުމަށް ޖާގަ ނުދެއްވުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ހުރިހާ ފަރާތްތަކަށް ގޮވާލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް