އެސްޓީއޯގެ ބޭސް ފިހާރަތައް ބަންދުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެސްޓީއޯ ހުޅުމާލެ ބޭސް ފިހާރަ ބަންދުކޮށްފައި ---
އަތޮޅުތަކާއި މާލެ ސަރަހައްދުގައި ހުރި އެސްޓީއޯހގެ ފާމަސީތައް 3 ދުވަހަށް ބަންދުކޮށްފިއެވެ.
އެސްޓީއޯއިން ފާމަސީތައް ބަންދުކޮށްފައި ވަނީ އިއްޔެއިން ފެށިގެންނެވެ. އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި، މިއަދާއި މާދަމާވެސް ފާމަސީތައް ބަންދުވާނެއެވެ. އެހެން ނަމަވެސް އެމާޖެންސީ ހާލަތުގައި ބޭސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސާފައި ވާނެ ކަމުގައި އެކުންފުނިން ވަނީ ބުނެފައެވެ.
އަތޮޅުތަކާއި މާލޭގައި ހުރި އެސްޓީއޯގެ ފާމަސީތައް ބަންދުކޮށްފައި ވަނީ، އެސްޓީއޯގެ ފާމަސީތައް ހިންގުން، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑްގެ ދަށަށް ބަދަލު ކުރުމަށްޓަކައި، ފާމަސީތަކުގެ އިންވެންޓްރީ ނެގުމަށް ކަމުގައިވެސް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ.
ފާމަސީތައް ބަންދުކުރުމުން އާއްމުނަށް ބޭސް ހޯދުމުގައި ދަތިވެ އެކަމުގެ ޝަކުވާތައް އާއްމުން ދަނީ ހިއްސާކުރަމުންނެވެ. ޚާއްޞަކޮށް އަތޮޅުތަކުގައި އެމައްސަލަ ބޮޑުވެފައި ވެއެވެ.
ހުޅުމާލޭ ހޮސްޕިޓަލްގައި ހުރި ފާމަސީވެސް ބަންދުކޮށްފައި ހުރި އިރު، ހުޅުމާލެ ފިހާރަބަރީގައި ހުންނަ އެސްޓީއޯ ސެންޓްރަލް ފާމަސީ މިއަދު އަންނަނީ ޚިދުމަތްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް