ހުއިފި ލަނޑާތަކަށް ހިޔާނަތްތެރިވި މައްސަލައިގައި ފުލުހަކަށް ފިޔަވަޅު އަޅައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ސާޖަންޓް އާދަމް ޙަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގ ---
ކ. ތިލަފުށީގެ ގުދަނެއްގައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލަ އާއި ގުޅިގެން ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރަކަށް ފިޔަވަޅު އަޅައިފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު ވަނީ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ކަމަށާއި، 31 ޑިސެމްބަރު 2025 ގައި ފުލުހުންނަށް ހުށަހެޅި އެ މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާއިރު، އެ އޮފިސަރާ ގުޅޭ އިދާރީ މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ވެސް ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
ހުފިލަނޑާތަކަށް ޚިޔާނަތްތެރިވި މައްސަލަ އާއި އެފުލުސް މީހާއާއި އޮތީ ކޮން ގުޅުމެއް ކަމެއް ފުލުހުންގެ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ. އަދި ފުލުސް އޮފިސަރުގެ ވަނަވަރެއްވެސް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން އިއްޔެ ހާމަކުރި ގޮތުގައި، އެމައްސަލައަކީ، ކ. ތިލަފުށީގެ ގުދަނެއްގައި ބަހައްޓާފައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކެއް، ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް ބަދަލުކޮށްފައިވާކަމަށް ބުނެ 2025 ޑިސެމްބަރު 31 ވަނަ ދުވަހު ފުލުހުންނަށް ހުށައަޅާފައިވާ މައްސަލައެކެވެ. އެމައްސަލައިގައި ހިމެނޭ ހއުފިލަނޑާތަކުގެ ވެރިފަރާތުގެ ގޮތުގައި ދެފަރާތުންވެސް ދައުވާކުރާއިރު އަސްލުވެރިފަރާތަކީ ކޮބައިކަން ދެނެނުގަނެވޭތީ އެތަކެތި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައެވެ. އަދި އެތަކެތި ހަލާކުވަމުން ދާތީ ފުލުހުން ވަނީ ޕީޖީގެ ލަފަޔާއި އެކު އެހުއިފިލަނޑާތައް ނީލަމުގެ އުސޫލުން ވިއްކާލުމަށްވެސް ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް