ދިރާގުގެ ސީއީއޯގެ މަޤާމަށް ސައުތު އެފްރިކާ ބޭފުޅެއް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ވަލްޑެމާ ފެއްރަޑާޒް ---
ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑެޒިގްނޭޓްގެ މަޤާމަށް ސައުތު އެފްރިކާގެ ރައްޔިތެއް ކަމުގައިވާ، ވަލްޑެމާ ފެއްރަޑާޒް ހަމަޖަައްސާފައިވާ ކަމުގައި ދިރާގުން ހާމަކޮށްފިއެވެ.
ދިރާގުން ހާމަކޮށްފައިވާ ގޮތުގައި އޭނާ އެމަޤާމަށް ހަމަޖައްސާފައި ވަނީ، (ދިރާގު) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު މަގާމުގައި ހުންނެވި އިސްމާއިލް ރަޝީދު މަޤާމުން ރިޓަޔާކުރައްވަން ނިންމެވުމާއި ގުޅިގެން ކަމުގައި، ދިރާގުން ބުނެފައި ވެއެވެ. ސާޅީސް އަހަރު ދުވަހުގެ ޚިދުމަތަށް ފަހުގައި، އިސްމާއިލް ރަޝީދު މަޤާމުން ރިޓަޔާކުރައްވަން ނިންމަވާފައިވާކަން، ދިރާގުން ހާމަކުރީ އިއްޔެއެވެ. އަދި ވަލްޑެމާ ފެއްރަޑާޒްވެސް ދިރާގުގައި މަސައްކަތް ކުރައްވަން ފައްޓަވާފައި ވަނީ އިއްޔެއިން ފެށިގެންނެވެ.
އިސްމާއީލް ރަޝީދު ދިރާގުގެ އެކި މަޤާމުތަކުގައި މަސައްކަތްކުރައްވާފައި ވާއިރު، ދިރާގު އުފެއްދެވި ފުރަތަމަ ދުވަހުން ފެށިގެން އޭނާ ވަނީ އެކުންފުނީގައި މަސައްކަތް ކުރައްވަން ފައްޓަވާފައެވެ. ދިރާގު އުފައްދަވާފައި ވަނީ 1988 އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުގައެވެ. މިއަހަރަކީ ދިރާގުގެ ޚިދުމަތަށް 38 އަހަރު ފުރޭ އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް