ސިނަމާލެ ބުރިޖުމަތީގައި ސައިކަލެއް ކަހާލައިގެން ވެއްޓި މީހަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ސިނަމާލެ ބުރިޖު އެއާޕޯޓް ޓްރެފިކް ލައިޓް ޖަންކްޝަން. --- ފޮޓޯ: ރައްޔިތުންގެ ނޫސް
ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ސިނަމާލެ ބުރިޖުމަތިން ކަހާލައިގެން ވެއްޓި، 3 މީހަކަށް އަނިޔާވެއްޖެއެވެ،
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިއެކްސިޑެންޓް ހިނގާފައި ވަނީ، ރޭގެ 19:20 ހާއިރު، ސިނަމާލެ ބުރިޖުގެ މާލެއިން ހުޅުމާލެއަށް ދަތުރު ކުރާ ލޭންގައި ކަމަށެވެ. މިހާދިސާގައި އަނިޔާވި ތިން މީހުންގެ ތެރެއިން ސީރިއަސް ޒަޚަމްތަކެއް ލިބިފައި ވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި، އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ކަހާލައިގެން ވެއްޓުނު ސައިކަލުން އިތުރު ސައިކަލަކާއި، ކާރެއްގައި ޖެހުނު ކަމަށެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ މި އެކްސިޑެންޓްގެ މައްސަލަ ތަޙްޤީޤު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް