Post banner
ރާއްޖެ

ވަޒީރުކަމުން އިސްތިއުފާ ދެއްވި ޑރ. މަރިޔަމް މާރިޔާ ފޮރިން މިނިސްޓްރީގެ އިސް މަޤާމަކަށް ހަމަޖައްސަވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ވަޒީރުކަމުން އިސްތިއުފާ ދެއްވި ޑރ. މަރިޔަމް މާރިޔާ ފޮރިން މިނިސްޓްރީގެ އިސް މަޤާމަކަށް ހަމަޖައްސަވައިފި

ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ކުއްލި ގޮތަކަށް ވަޒީރުންގެ މަޖިލީހުން އިސްތިއުފާ ދެއްވި، ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ، ފޮރިން މިނިސްޓްރީގެ އިސްމަގާމަކަށް ޢައްޔަނުކުރައްވައިފިއެވެ.

އެކަމަނާ އެމަޤާމަށް ޢައްޔަނުކުރައްވާފައި ވަނީ، މިމަހުގެ 3 ވަނަ ދުވަހުގައި ކަމަށްވީ ނަމަވެސް ރަސްމީކޮށް އެކަން ސަރުކާރުން ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު 17 ނޮވެމްބަރު 2023ގައި ރައީސް ކަމުގެ މަޤާމުގެ ހުވާކުރެއްވި އިރު، އެމަނިކުފާނުގެ ކެބިނެޓަށް އެންމެ ފުރަތަމަ ޑރ. މަރިޔަމް މާރިޔާ ޢައްޔަނުކުރެއްވީ، ހަޔަރ އެޑިޔުކޭޝަން މިނިސްޓަރުގެ މަޤާމަށެވެ. އޭގެ ފަހުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ކެބިނެޓަށް ގެންނެވި ބަދަލާއިއެކު، މާރިޔާ ބަދަލު ކުރެއްވީ އެގްރިކަލްޗަރ މިނިސްޓަރުގެ މަޤާމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި، ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއާއި ގުޅިގެން ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން، ޑރ. މަރިޔަމް މާރިޔާއަކީ، ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން މަޤާމުން އިސްތިއުފާ ދެއްވި 10 ވަޒީރުންގެ ތެރޭގައި ހިމެނިވަޑަިއގަންނަވާ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން މަޤާމުން އިސްތިއުފާ ދެއްވި މިނިސްޓަރުންގެ ތެރެއިން ބައެއް ބޭފުޅުންނަށް ވަނީ އަލުން އަނބުރާ އެކި މަޤާމުތައް ދެއްވާފައެވެ. މިގޮތުން ބައެއް ބޭބޭފުޅުން ޢައްޔަނުކުރައްވާފައި ވަނީ، ބޭރު ޤައުމުތަކުގައި ތިއްބަވާ ދިވެހިރާއްޖޭގެ ސަފީރުންނަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް