Post banner
ރާއްޖެ

ހޮސްޕިޓަލުން ފިލި ޤައިދީ ހޯދައި ހައްޔަރުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހޮސްޕިޓަލުން ފިލި ޤައިދީ ހޯދައި ހައްޔަރުކޮށްފި

ލ. މާބައިދޫ ޝަބްނަމް ހައުސް، ޙުސައިން ޝަޙްބާން ---

އަވަސް ފަރުވާ ދިނުމަށް މިއަދި ހުޅުމާލެ ޖަލުން، ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ މީހާ ފިލައިގެން އުޅެނިކޮށް ހޯދައި ހައްޔަރުކޮށްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިންވެސް ވިދާޅުވީ، އެމީހާ މިހާރު ފުލުހުން އެސަރވިސް އާއި ހަވާލުކޮށްފައިވާ ކަމަށެވެ.

މިއަދު ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ގެންދިއުމުން ފިލައިގެން ދިޔަ ޤައިދީއަކީ، ލ. މާބައިދޫ ޝަބްނަމް ހައުސް، ޙުސައިން ޝަޙްބާން ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް