Post banner
ރަށްރަށުން

ގޭބިސީ ތަކުގެ ސާފުތާހިރުކަން ބެލުމުގެ ޕްރޮގްރާމެއް އިންނަމާދޫގައި ހިންގައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގޭބިސީ ތަކުގެ ސާފުތާހިރުކަން ބެލުމުގެ ޕްރޮގްރާމެއް އިންނަމާދޫގައި ހިންގައިފި

ގޭބިސީތަކުގެ ސާފުތާހިރުކަން އިންސްޕެކްޓް ކުރުމަށް ޚާއްސަ ފްރޮގުރާމެއް އިންނަމާދޫ ކައުންސިލާއި އިންނަމާދޫ ހެލްތް ސެންޓަރ އަދި އިންނަމާދޫ ޕޮލިސް ގުޅިގެން އިންނަމާދޫގައި ކުރިޔަށް ގެންގޮސްފިއެވެ.

ތިން މުއައްސަސާއިން ގުޅިގެން ސިލްސިލާކޮށް މި ޕްރޮގުރާމް ކުރިޔަށް ގެންދިއުމަށް ކައުންސިލުން ނިންމާފައިވާއިރު،މިހާތަނަށް 9 ތަނެއް ބަލާފާސްކޮށް އިސްލާހުކުރަންޖެހޭ ކަންކަން އެފަރާތްތަކަށް އެންގިފައިވާކަމަށް އިންނަމާދޫ ކައުންސިލުން މަޢުލޫމާތުދެއެވެ. މީގެ އިތުރުން ކެއްކުމާއި ކާބޯތަކެތީގެ ޚިދުމަތް ދިނުމުގެ ހުއްދަ ނެތް ތަނަކަށް އެކަން ހުއްޓުމަށް އެންގިފައިވާ ކަމަށާއި،އެކަންކަން އިސްލާހު ނުކުރާނަމަ އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކައުންސިލުން ފަސްނުޖެހޭނެކަމަށް ރައްޔިތުންގެ ނޫހަށް މަޢުލޫމާތުދެމުން އިންނަމާދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޙަލީމް ވިދާޅުވިއެވެ.

އަދި ކޮންމެ ކަމެއް ކުރުމުގައި ވެސް އެކަމެއް ކުރަން އޮންނަ އުސޫލުން ރިވެތި ގޮތުގައި ކުރުމަށް އިލްތިމާސް ކުރެއްވިއެވެ. ޚާއްސަކޮށް އެކިއެކި މަސައްކަތް ކުރުމަށް އިންނަމާދޫގައި ދިރިއުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނުގެ ސާފްތާހިރުކަން ކުޑަވުމުގެ ސަބަބުން ދިމާވާ އެކިއެކި ސިއްޙީ، އިޖްތިމާޢީ މައްސަލަތައް މަދު ކުރުމަށް ސިލްސިލާކޮށް ކުރިޔަށް ގެންދެވޭ މިޕްރޮގުރާމް ކުރިޔަށް ގެންދިއުމަށް ހަމަ ޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުއެވެ.

އިންނަމާދޫގައި އެކިއެކި މަސައްކަތްކުރުމަށް ގާތްގަނޑަކަށް 350 ވަރަކަށް ބިދޭސީން ދިރިއުޅެއެވެ. އޭގެ ބައެއް ބިދޭސީންގެ ފަރާތުން ގޭގެއިން ވައްކަންކުރުމުގެ ބައެއް މައްސަލަތައް ވެސް ފާހަގަކުރެވިފައިވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޚަބަރު ލިޔުނީ: ޙަސަން ސާތިޢު - ރަށު ރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް