ރާއްޖެ

ޚަރަދު ކުޑަކުރަން ރަށްރަށުގައި ޢީދު ލައިޓް ނުދިއްލަން ނިންމައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޚަރަދު ކުޑަކުރަން ރަށްރަށުގައި ޢީދު ލައިޓް ނުދިއްލަން ނިންމައިފި

މިދިޔަ އަހަރުގެ ފިޠުރު ޢީދުގައި ހުޅުމާލެ ސެންޓްރަލްޕާކު ދިއްލާފައި -- ފޮޓޯ: ރައްޔިތުންގެ ނޫސް

މެދު އިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމަ އާއި ގުޅިގެން، ޚަރަދުކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ރަށްރަށުގައި މިފަހަރު ޢީދު ލައިޓް ނުދިއްލުމަށް ސަރުކާރުން ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ، މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހަނގުރާމަ އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ކޮމިޓީންނެވެ. މި ކޮމިޓީގެ ޗެއަރއަކީ، ފޮރިން މިނިސްޓަރ ޑރ ޢަބްދުﷲ ޚަލީލެވެ.

ޚަލީލު ވިދާޅުވީ، ޢީދު ލައިޓްތައް ދިއްލާނީ، ރާއްޖޭގެ ފަސް ސިޓީގައި އެކަނި ކަމަށެވެ. އެހެން ނަމަވެސް ސިޓީތަކުގެ ތެރެއިންވެސް ޢީދު ލައިޓް ދިއްލާނީ ކަނޑައެޅޭ ވަކި ސަރަހައްދުތަކުގައި އެކަނި ކަމުގައި ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިސަރުކާރު އައި ފަހުން، ޢީދު ލައިޓްތައް ގަތުމަށާއި އެދިއްލުމަށް ބޮޑު ހޭދައެއް ކޮށްފައި ވެއެވެ. މިގޮތުން ފާއިތުވެ 2 އަހަރުގެ ތެރޭގައި އެކަމަށް އެކަނިވެސް 50މިލިޔަނެއްހައި ރުފިޔާ ވަނީ ޚަރަދުކޮށްފައި ކަމުގައި ނުރަސްމީ މައުލޫމާތުތަކުން ހާމަވެފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް