Post banner
ރާއްޖެ

މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއް

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ---

2025 ފެބުރުއަރީ 5ވާ ބުރާސްފަތި ދުވަހަކީ، މާދަމާއަކީ ސަރުކާރު ބަންދު ދުވަހެކެވެ.

މާދަމާ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ، މާދަމާއަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން ހުށައަޅުއްވާ ދުވަސް ކަމުގައި ވާތީއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން ރިޔާސީ ބަޔާން ހުށައަޅުއްވާ ދުވަހަކީ، ރަސްމީ ދުވަހެއްގެ ގޮތުގައި ހަމަ ޖެއްސެވުމަށްފަހު، އަނެއްކާ އަލުން އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ހަމަޖައްސަވައި އެކަން އިޢުލާނު ކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގައެވެ.

މި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި މީގެ ކުރިންވެސް ހަމަޖައްސަވާފައިވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް