މިނިވަން ދުވަހުގެ ހަރަކާތްތައް އަތޮޅު ފެންވަރުގައި ބޭއްވުމަށް ދާންދޫއިން ތައްޔާރުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ދާންދޫ ކައުންސިލް އިދާރާ
އަތޮޅުފެންވަރުގައި، މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް، ގއ. ދާންދޫ ކައުންސިލުން ތައްޔާރުވާން ފަށައިފިއެވެ.
ދާންދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، މިނިވަން ދުވަހާ ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެެވެ. އޭގެ ތެރޭގައި ތައުލީމީ ދާއިރާއަށް އަމާޒުކޮށްގެން ބާއްވާ ކުއްލި މައުޟޫއަށް ވާހަކަދެއްކުމުގެ މުބާރާތަކީ ފާހަގަކޮށްލެވޭ މުބާރާތެކެވެ. މި މުބާރާތަކީ ދަރިވަރުންގެ މެދުގައި ދިވެހިބަހަށާއި ގައުމިއްޔަތަށް ލޯބިޖެއްސުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމުގައި ދާންދޫ ކައުންސިލުން މައުލޫމާތު ދެއްވައެވެ.
މި ފަހަރުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ހާއްސަ އެއް ކަމަކީ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދާންދޫގެ މުއްސަނދި ސަގާފަތާއި އާދަކާދަތައް ދައްކާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެވެ. ކައުންސިލުން ވިދާޅުވި ގޮތުގައި، މި ހަރަކާތުގެ ސަބަބުން ދާންދޫއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް ވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ކުރިއަށް އޮތް ތަނުގައި އިތުރުވެގެންދާނެ ކަމަށްވެސް ކައުންސިލުން އުއްމީދު ކުރެއެވެ.
ދާންދޫ ކައުންސިލްގެ އިސްނެގުމާއެކު ކުރިއަށްދާ މި ބޮޑު ހަރަކާތުގައި ރަށުގެ ހުރިހާ މުއައްސަސާތަކަކުން އަމަލީގޮތުން ބައިވެރިވާނެކަމުގައިވެސް އެކައުންސިލުން ހާމަކުރައްވައެވެ. މީގެ ތެރޭގައި ސިއްހީ މަރުކަޒާއި، ސްކޫލާއި، ފެނަކަ ބްރާންޗާއި، ފުލުހުންގެ އިތުރުން ރަށުގެ އެކި ޖަމިއްޔާ ޖަމާއަތްތައް ހިމެނެއެވެ.
ޚަބަރު ލިޔުނީ: ރަށު ރިޕޯޓަރު - މުޙައްމަދު ޝަރޫފް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް