ރާއްޖެ

ހިތަދޫ ފަތާ ޓްރެކް މޫދުގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހިތަދޫ ފަތާ ޓްރެކް މޫދުގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

ސ. ހިތަދޫ ފަތާ ޓްރެކް --

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކްގެ މޫދު ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަރުވެފައި އޮއްވައި ފެނުނު އެމީހާގެ ހަށިގަނޑު މިހާރު މޫދުން ނަގައިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ މަރުވެފައި އޮއްވައި ފެނުނު މީހަކީ ބިދޭސީ ފިރިހެނެއް ކަމަށާއި، މިހާތަނަށް އެއީ ކާކުކަން ދެނެގަނެވިފައި ނުވާކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހިތަދޫ ފަތާ ޓްރެކްގެ މޫދު ތެރޭގައި މީހަކު މަރުވެފައި އޮތްކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ، މިއަދު 16:41 ހާއިރުގައި ކަމަށެވެ. އަދި މައްސަލަ ތަޙްޤިޤު ކުރަމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް