ޕެންޝަން އޮފީހުގެ ވަޒީފާއަށް ޔަޒްމީދު މިއަދު ނުކުންނަވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޔަޒްމީދަށް ޕެންޝަން އޮފީހުގެ މުވައްޒަފުން މަރުޚަބާ ދެންނެވުން ---
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަޤާމަށް އަލަން ޢައްޔަނުކުރެއްވި، ޔަޒްމީދު މުޙައްމަދު މިއަދު ރަސްމީކޮށް މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ހަވާލުވެވަޑައިގެންފިއެވެ.
ޕެންޝަން އޮފީހުގެ މުވައްޒަފުންގެ ފަރާތުން އައު ސީއީއޯއަށް މަރުޙަބާ ދެންނެވުމަށް ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވައިފައެވެ. ރަސްމިއްޔާތުގައި މުވައްޒަފުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ ޔަޒްމީދު ވަނީ މުވައްޒަފުން ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާފައެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ޔަޒްމީދު ޢައްޔަނުކުރައްވާފައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހުގައެވެ.
ޔަޒްމީދު އެންމެ ފަހުން ހުންނެވީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނައިބު ރައީސް ކަމުގެ މަޤާމުގައި އަދި އެކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވާ މެމްބަރުގެ މަޤާމުގައެވެ. މީގެ ކުރިން އޭނާ އޭސީސީގެ މެމްބަރުކަންވެސް ކުރައްވާފައި ވެއެވެ.
ޔަޒްމީދަކީ، ފައިނޭންސް އާއި ގުޅުންހުރި ދާއިރާތަކުން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް