Post banner
ރަށްރަށުން •

ހިލޭ ބައިވެރިވެވޭ ތަރިކައިގެ ދާއިރާގެ ކޯހެއް ހަނިމާދޫގައި ހިންގަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހިލޭ ބައިވެރިވެވޭ ތަރިކައިގެ ދާއިރާގެ ކޯހެއް ހަނިމާދޫގައި ހިންގަނީ

ހަނިމާދޫ ކައުންސިލް އިދާރާ ---

ހިލޭ ބައިވެރިވެވޭ ގޮތަށް، ތަރިކައިގެ ދާއިރާއިން ސެޓްފިކެޓް ލެވެލް 3 ގެ ކޯހެއް ހަނިމާދޫގައި ހިންގަން ނިންމައިފިއެވެ.

ހަނިމާދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އާއި ގުޅިގެން، ހދ. ހަނިމާދޫގައި ތަރިކައިގެ ދާއިރާއިން ހިންގާ މިކޯހަކީ، ސެޓްފިކެޓް ލެވެލް 3 ގެ ކޯހެއް ކަމަށެވެ.

މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމެކެވެ.

މިކޯހުގައި ތަރިކައިގެ ދާއިރާގެ މުހިންމު ބައިތަށް ކަމަށްވާ ދިވެހިންގެ ހަނދާންތައް އެއްކުރުމާއި، ރަށްވެހި އާސާރު އުފެއްދުން ފަދަ ކަންކަމަށް އަހުލުވެރިކުރުވޭ މޮޑިޔުލްތައް ކިޔަވައިދޭނެއެވެ، މިކޯހުގެ އެންމެހައި ޚަރަދެއް ބަލަހައްޓަވާނީ މިނިސްޓްރީގެ ފަރާތުން ކަމުގައިވެސް ހަނިމާދޫ ކައުންސިލުން ހާމަކުރައްވާފައި ވެއެވެ.


މި ކޯހުގައި ހަނިމާދޫން ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، 15 ނޮވެމްބަރު 2026 ގެ ކުރިން ނަންނޯޓު ކުރަން ޖެހޭނެ ކަމުގައިވެސް އެކައުންސިލުން ކުރި އިޢުލާނުގައި ބުނެފައި ވެއެވެ.
ޚަބަރު ލިޔުނީ: މުޙައްމަދު މުޢާޒް - ރަށުރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް