ރާއްޖެ
•
މާލޭގައި ޕިކަޕެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ލިޔުންތެރިޔާ
މާލޭގައި ޕިކަޕެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މީހަކު މަރުވެފައި އޮއްވައި ފެނިފައި ވަނީ، ބަންޑާރަ މިސްކިތާއި އިންވެގެން އޮންނަ، ހުސައިނީ ގޯޅިތެރޭގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި އޮއްވައި ކަމަށެވެ. މަރުވެފައި އޮއްވައި ފެނުނު މީހާއަކީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ޕިކަޕެއްގެ ތެރޭގައި، މީހަކު ޚަބަރު ހުސްވެފައި އޮއްވައި ފެނިގެން ރިޕޯޓްކޮށްފައި ވަނީ، މިއަދު ހެނދުނު 9:17 ހާއިރުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް