ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު 2:00ގައި ބާއްވަނީ
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލިސް --- ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ބާއްވާނީ، މެންދުރު ފަހު 2:00 ގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އާއްމުގޮތެއްގައި ބާއްވަނީ، ހެނދުނު 9:00 ގައެވެ. އެހެން ނަމަވެސް މިއަދުގެ ޖަލްސާ މެންދުރު ފަހު ބޭއްވުމަށް ނިންމާފައި ވަނީ ކީއްވެ ކަމެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރައްވާފައެއް ނުވެއެވެ. މަޖިލީހުގެ ޖަލްސާ މެންދުރުފަހަށް ބަދަލުކޮށްފައި ވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހެނދުނު 10:00ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނާނެކަން އެއޮފީހުން ބައެއް ނޫސްތަކަށް އަންގާފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުން އަލަށް ހުށައަޅާފައިވާ 4 ބިލެއްގެ ފުރަތަމަ ކިޔުން އޮންނާނެ އެވެ. އެބިލް ތަކުގެ ތެރޭގައި ހިމެނެނީ:
- ސަރުކާރުގެ ފަރާތުނ،ް ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޛުކުރުމާބެހޭ ބިލު
- ސަރުކާރުގެ ފަރާތުނ،ް ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހަޅުއްވާފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލު
- ސަރުކާރުގެ ފަރާތުނ،ް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލު
- ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހަޅުއްވާފައިވާ، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު
މިއަދު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށައަޅާފައިވާ މި ބިލްތަކުގެ ތެރެއިން، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަކީ، ރަސްމާލެ މަޝްރޫޢު ހިންގުމަށް ބޭނުންވާ ޤާނޫނީ ފުރުޞަތުތައް ހޯދުމަށް ފޮނުވާފައިވާ ބިލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް