classified
ރާއްޖެ

"ބ. ކުޑަރިކިލުގެ އައިސް ޕްލާންޓްގެ މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ނިންމާ އޮޕަރޭޝަނަށް ގެނެވޭނެ"

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

"ބ. ކުޑަރިކިލުގެ އައިސް ޕްލާންޓްގެ މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ނިންމާ އޮޕަރޭޝަނަށް ގެނެވޭނެ"

ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މެންބަރުންގެ ސުވާލަށް ޖަވާބުދެއްވަނީ --- ފޮޓޯ: މަޖިލިސް

ބ. ކުޑަރިކިލުގައި ގާއީމްކުރުމަށް ނިންމާފައިވާ އައިސް ޕްލާންޓްގެ މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ނިންމުމަށްފަހު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ، ބ. ކުޑަރިކިލުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އައިސް ޕްލާންޓްގެ މަސައްކަތް ފެށުމަށް ކަނޑައެޅިފައިވާ ތާރީހާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު ހާމަކުރެއްވި ގޮތުގައި ކުޑަރިކިލުގައި އައިސް ޕްލާންޓް ގާއިމްކުރުމަށް ޕްރައިވެޓް ކުންފުންޏަކާއެކު ވަނީ އެއްބަސްވުމެއް ހަދާފައެވެ. އެގޮތުން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ، އެ އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި މަސައްކަތް ފަށާނެ ކަމަށް ކޮންޓްރެކްޓަރު ބުނެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އައިސް ޕްލާންޓްތަކުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ވަޒީރު އިތުރަށް ވިދާޅުވީ. ދިވެހިރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތައް ވޭތުވެ ދިޔަ އަހަރުތަކުގައި އައި އެންމެ ބޮޑު އެއް ގޮންޖެހުމަކަށްވީ ކުރީ ސަރުކާރުން އައިސްޕްލާންޓްތައް ހިންގުމުގެ މަސައްކަތް މިފްކޯއިން ނަގައި ފެނަކައާއި ހަވާލުކުރުމުން ކަމަށެވެ.

އަދި މަސްވެރިކަމުގެ ސިނާއަތައް އޮތް މައިގަނޑު ގޮންޖެހުންތައް ކަމަށްވާ އައިސް ލިބުމުގެ މައްސަލައާއި، ކޯލްޑް ސްޓޯރޭޖްގެ މަސައްސަލައިގެ އިތުރުން ބާޒާރުގައި މަހަށް ހަމަ އަގު ލިބުމުގެ ދަތިތަކާއި ރާއްޖޭގައި މަސް ޕްރޮސެސްކުރެވޭނެ ކެޕޭސިޓީ ނެތް ނެތް މައްސަލަތައް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މަސައްކަތްކުރަނީ މި ގޮންޖެހުންތަކަށް ޖުމްލަ ހައްލެއް ގެނައުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް