މާލެއިން ދިވެހި އަންހެނަކު ގެއްލިގެން ހޯދަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ގެއްލިގެން ހޯދަމުން އަންނަ ޅ. ނައިފަރު / ކަށިމާގެ، ފާޠިމަތު ނޫރާ -- ފޮޓޯ: ޕޮލިސް
މާލެއިން ދިވެހި އަންހެނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ގެއްލިގެން ހޯދަމުން އަންނަނީ، ޅ. ނައިފަރު / ކަށިމާގެ، ފާޠިމަތު ނޫރާ (32އ) އެވެ.
އޭނާ ގެއްލިފައި ވަނީ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ކަމުގައި، ރޭ 12:19 އެހައިކަންހާއިރު އާއިލާއިން ފުލުހުންނަށް ވަނީ ރިޕޯޓް ކޮށްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އަދި ނޫރާ ފެނިފައި ނުވާކަމަށެވެ.
ފާޠިމަތު ނޫރާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9631696 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި އެ މަޢުލޫމާތެއް ޙިއްސާކޮށްދެއްވުމަށް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް