ރާއްޖެ

މަރާމާތުގެ މަސައްކަތްތައް ނިންމައި ޖުމްހޫރީމައިދާން ހުޅުވާލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަރާމާތުގެ މަސައްކަތްތައް ނިންމައި ޖުމްހޫރީމައިދާން ހުޅުވާލައިފި

ޖުމްހޫރީމައިދާން މިހާރު އޮތް ގޮތް --- ފޮޓޯ: އާރްޑީސީ

ޖުމްހޫރީ މައިދާން މަރާމާތުކުރުމުގެ މަޝްރޫޢުގެ މައިގަނޑު މަސައްކަތްތައް މިހާރު ވަނީ ނިމިފައި ކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އެކޯޕަރޭޝަނުން ވިދާޅުވީ، ޖުމްހޫރީ މައިދާން މަރާމާތު ކުރުމަށް ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް ނިމުމާއި ގުޅިގެން މިހާރު ވަގުތީ ގޮތުން އެމައިދާން ވަނީ އާއްމުންނަށް ހުޅުވާލާފައި ކަމަށެވެ.

އާރްޑީސީން ހާމަކޮށްފައިވާ ގޮތުގައި ހުރިހާ މަސައްކަތްތަކެއް ނުނިމުނު ނަމަވެސް ބަންދުކޮށްފައިވާ ސަރަހައްދުތައް ވަގުތީ ގޮތުން އާއްމުންނަށް ހުޅުވާލާފައި ވަނީ، އެތަނަކީ ޚާއްޞަކޮށް ރޯދަމަހު އާއްމުން ވަރަށް ބޮޑަށް ބޭނުން ކުރާ ތަނަކަށް ވާތީ ކަމަށެވެ.

ޖުމްހޫރީ މައިދާން އަލުން ތަރައްޤީކުރި އިރު އެތަނަށް ވަނީ ބޮޑެތި ބައެއް ބަދަލުތައް ގެނެސްފައެވެ. މިގޮތުން ބޮޑުދިދަ ކައިރީގައި ކުރިން އޮންނަ ވިނަތައް ނަގައި އެތަނުގައި ވަނީ ތަޅުން އަޅާފައެވެ.

އާރްޑީސީން ހާމަކޮށްފައިވާ ގޮތުގައި އެތަނުގެ ފްލޯރިންގެ ބައެއް މަސައްކަތްތައް ނުނިމި ލަސްވެފައިވަނީ ރާއްޖެއިން ބޭރުން ގެންނަ ބައެއްތަކެތި ލިބުން ލަސްވެފައިވާތީއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް