Post banner
ރާއްޖެ •

ސޯޝަލް މީޑިއާގައި ދަރިވަރުންތަކެއް އެހެން ދަރިވަރުންތަކަށް ބުލީ ކުރި މައްސަލައެއް ބަލަން ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސޯޝަލް މީޑިއާގައި ދަރިވަރުންތަކެއް އެހެން ދަރިވަރުންތަކަށް ބުލީ ކުރި މައްސަލައެއް ބަލަން ފަށައިފި

ފުލުހުންގެ އިދާރާ ---

ސޯޝަލް މީޑިއާގައި ދަރިވަރުންތަކެއް އެހެން ދަރިވަރުންތަކަކަށް ބުލީ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގެ ސްކޫލު ދަރިވަރުންތަކެއް، އެހެން ދަރިވަރަކަށް އިންޓަނެޓް މެދުވެރިކޮށް ބުލީކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން މިހާރު ގެންދަނީ ތަޙްޤީޤު ކުރަމުން ކަމަށެވެ.

ފުލުހުން މިމައްސަލަ ބަލަން ފަށާފައި ވަނީ، ވެސް ބުލީ ކުރުމުގެ އެ އަމަލުތަކާއި ގުޅިގެން، ބެލެނިވެރިން ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އާއްމުންގެ ސަމާލުކަމަށް އެކަން އައިސްފައި ވަނިކޮށެވެ.

ބުލީ ކުރި ކުދިން އެކަންކޮށްފައި ވަނީ، އެ ކުއްޖާގެ ނަމުގައި ސޯޝަލް މީޑިއާގައި ވަގު އެކައުންޓެއް ހަދައިގެންނެވެ. ރާއްޖޭގެ ސްކޫލް ދަރިވަރުންގެ މެދުގައި ހިނގާ ނޭދެވޭ އަމަލުތައް ކަންބޮޑުވާންޖެހޭ މިންވަރަށް އަންނަނީ އިތުރުވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް