Post banner
ވިކުރާ •

މަންހަޓަން ގްރޭންޑް ހޮޓާ ހުޅުވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަންހަޓަން ގްރޭންޑް ހޮޓާ ހުޅުވައިފި

މަންހަޓަން ގްރޭންޑް ހޮޓާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެޗްޑީސީ

މަންހަޓަން ގްރޭންޑް ހޮޓާ ރަސްމީކޮށް ރޭ ހުޅުވައިފިއެވެ.

ހަވާ އެރުވުމާއި އެކު، މި ހޮޓާ ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ހޮޓާ ހުޅުއްވައި ދެއްވީ، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ.

162 ކޮޓަރީގެ މި ހޮޓަލަކީ، ފަސްތަރީގެ ހޮޓަލެކެވެ. މިހޮޓަލުގައި، މިފަދަ އެހެން ހުރިހާ ހޮޓާތަކެއްގައިވެސް ހުންނާނެ ފެސިލިޓީތައް ފުރިހަމައަށް ޤާއިމްކޮށްފައި ވެއެވެ.

އެސްޓީ އޯއިން މި ހޮޓަލުގެ މަސައްކަތް ފެށީ، މީގެ 20 އަހަރު ކުރިންނެވެ. އެކި އެކި ސަބަބުތަކާއި ހުރެ މި ހޮޓަލުގެ މަސައްކަތް ކުރިޔަށް ނުގޮސް ހުއްޓިފައި އޮންނަތާ އެތައް އަހަރެއް ފަހުން، މިސަރުކާރުން ސިޔާސަތުތަކަށް ގެނައި ބަދަލުތަކާއިއެކު، އެހޮޓަލަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއި ހަވާލުކުރީ މިދިޔަ އަހަރުގައެވެ.

މަންހަޓަން ގްރޭންޑް ހޮޓެލްގެ ނަމުގައި މިހޮޓާ ހުޅުވިގެން ދިޔުމަކީ، ސަރުކާރަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ސިފަކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް