Post banner
ރާއްޖެ •

ދެރަހަ ބޯޓު ފަރަށް އަރައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދެރަހަ ބޯޓު ފަރަށް އަރައިފި

ދެރަހަ ބޯޓު ފަރަށް އަރާފައި --- ފޮޓޯ: އެމްއެންޑީއެފް

މާލެއިން ފުރައިގެން ގދ.ތިނަދޫއަށް ދަތުރުކުރި، 'ދެރަހަ' ބޯޓު ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މި ބޯޓު އަރާފައި ވަނީ، ގއ. ފެންފުއްޓާގެ އުތުރު ފަރާތު ފަރަށް ކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މިހާދިސާގެ މައުލޫމާތު ލިބިފައި ވަނީ ރޭގެ ދަންވަރު، 00:40 ހާއިރު ކަމަށެވެ. ހާދިސާގެ މައުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދަށް ދަތުރުކޮށް ބޯޓުގައި ތިބި މީހުން ސަލާމަތްކޮށްފައި ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ބޯޓު ފަރަށް އެރި އިރު އޭގައި، ހަތަރު ދިވެހީންނާއި، ހަ ބިދޭސީންނާއިއެކު ޖުމުލަ 10 މީހުން ތިބިކަމަށެވެ. އޭގެ ތެރެއިން، 3 މީހުން ބޯޓި ފަރަށް އެރުމުން ޑިންގީއެއްގައި، ފަޅުރަށަށް އެރި ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރައްވާފައި ވެއެވެ.

 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް