ރާއްޖެ

ބިދޭސީއަކު ރަހީނުކޮށްގެން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބިދޭސީއަކު ރަހީނުކޮށްގެން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި

މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރު ކުރި ބަނގުލަދޭޝް މީހާ --- ފޮޓޯ: ފުލުހުން.

ބިދޭސީ މީހަކު ރަހީނުކޮށްގެން ގެންގުޅުމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހައްޔަރުކޮށްފައި ވަނީ، ބަނގްލަދޭޝްއަށް ނިސްބަތްވާ އިޤްބާލް މިއާ (35އ) އެވެ. އޭނާއަކީ ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅެމުން އަންނަ މީހެއް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރު ދީފައިވާ ކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހުއްދަނޫން ގޮތުގައި މީހަކު ހިފަހައްޓާފައިވާ މައްސަލައެއް 2026 ފެބްރުއަރީ 19 ވަނަ ދުވަހުގެ ރޭ ދަންވަރު 01:22 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކުރުމާއި އެކު އެޗމީހާ މާލޭގައި ހުރި ބަންދުކޮށް ހިފަހައްޓާފައި ހުރިތައް ދެނެގަނެ، އެތަނަށް ބާރުގެ ބޭނުންކޮށްގެން ވަދެ ހިފަހައްޓާފައިހުރި މީހާ ވަނީ ސަލާމަތްކޮށްފައި ވަނީ އެރޭގެ 2:29 ހާއިރުގައި ކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމައްސަލަ ތަޙްޤިޤު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް