Post banner
ރާއްޖެ

ގެއްލުނު ޑައިވަރުން ހޯދަން ތަޖުރިބާކާރު ބޭރުގެ ޑައިވަރުން ފީނަން ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގެއްލުނު ޑައިވަރުން ހޯދަން ތަޖުރިބާކާރު ބޭރުގެ ޑައިވަރުން ފީނަން ފަށައިފި

ސިފައިންގެ ކޯސްޓް ގާޑު އުޅަނދުތައް، ޑައިވަރުން ގެއްލުނު ސަރަހައްދުގައި --- ފޮޓޯ: އެމްއެންޑީއެފް

ވ. އަލިމަތާ ކައިރިން ފަރުގެ 58 މީޓަރަށްވުރެ ފުނުގައިވާ އިޓަލީގެ 4 ޑައިވަރުންގެ ހަށިގަނޑު ހޯދުމުގެ ރިކަވަރީ އޮޕަރޭޝަން މިއަދު އަލުން ފަށައިފިއެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މިއަދު އަލުން ސާރޗް އެންޑް ރިކަވަރީ އޮޕަރޭޝަން ފަށާފައި ވަނީ، އިއްޔެ އައި ބޭރުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމާއި އެކުގައެވެ. އިޓަލީގެ ރަސްމީ ފަރާތްތަކުގެ އެހީއާއެކު، ރާއްޖެއައި ޑައިވަރުންނަކީ، ފިންލޭންޑުގެ ތަޖުރިބާކާރު ޑައިވަރުންނެވެ. އެމީހުންގެ ތެރޭގައި މީގެ ކުރިން މިފަދަ އެތައް އޮޕަރޭޝަނެއް ކާމިޔާބު ކަމާއި އެކު ނިންމުމުގައި ބައިވެރިވި ޑައިވަރުންވެސް ހިމެނެއެވެ.

ގެއްލުނު އިޓަލީގެ 4 ޑައިވަރުން ހޯދުމަށް ހިންގަމުން އައި ސަރޗް އެންޑް ރިކަވަރީ އޮޕަރޭޝަން މެދުކަނޑާލީ، އެއޮޕަރޭޝަންގައި ބައިވެރިވެ ޑައިވްކުރި ސިފައިންގެ ސީނިއަރ ޑައިވަރެއް ކަމުގައިވާ ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަޙުދީ ނިޔާވުމާއި ގުޅިގެންނެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، ދެން ހޮހަޅައިގެ ތެރެ ބަލައި ހޯދުމަށްޓަކައި ޑައިވް ކުރާނީ، ބޭރުން އައި ތަޖުރިބާކާރު ޓީމުގައި ހިމެނޭ ޑައިވަރުންގެ ޓީމު ކަމަށެވެ. އަދި އެމްއެންޑީއެފާއި، ފުލުހުންގެ ޑައިވަރުން ކުރަމުންދާނީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކަމުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް