Post banner
ރާއްޖެ •

ށ. ޅައިމަގަށް ނަގޫ ރޯޅިއެއް އަރައި ގެއްލުންތައް ލިބިއްެޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ށ. ޅައިމަގަށް ނަގޫ ރޯޅިއެއް އަރައި ގެއްލުންތައް ލިބިއްެޖެ

ށ. ޅައިމަގަށް ނަގޫރޯޅި އަރައި ގެއެއްގެ ފުރާޅު ހަލާކުވެފައި --- ފޮޓޯ: ވީލަވް ޅައިމަގު ފޭސްބުކް ޕޭޖް

ށ. ޅައިމަގަށް ނަގޫ ރޯޅިއެއް އަރައި ގެއްލުންތައް ލިބިއްޖެއެވެ.

ޅައިމަގު ކައުންސިލުން ވިދާޅުވީ، މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ތެރޭގައި އެރަށަށް ނަގޫ ރޯޅިއެއް އަރާފައި ވަނީ މިއަދު ހެނދުނު 7:00 ޖަހައި އެހައި ކަންހާއިރުގައި ކަމަށެވެ. މިހާދިސާގައި އެކަކަށް އަނިޔާވެ ގިނަ އަދަދެއްގެ ގެތަކަށް ވަނީ ގެއްލުންތައް ލިބިފައެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވީ، ށ. ޅައިމަގަށް ނަގޫރޯޅިއެއް އަރައި 4 ވަރަކަށް ގޭގެ ފުރާޅު ހަލާކުވެ ބައެއް ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއްވެފައި ވާކަމަށެވެ. އަދި މި ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސް ފަރުވާދެމުންދާއިރު، ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކައުންސިލުން ދަނީ ކުރަމުން ކަމުގައިވެސް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް