ޤާނޫނާއި ޚިލާފަށް ޑޮލަރުގެ ގަނެވިއްކާ ފަރާތްތަކުގެ މައުލޫމާތު ޙިއްސާކޮށްދޭން އާއްމުންގެ ކިބައިން އެދިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެމެރިކާ ޑޮލަރުތަކެއް --- ފޮޓޯ ރައްޔިތުންގެ ނޫސް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު ހިއްސާކޮށްދޭން ފުލުހުން އާއްމުންގެ ކިބައިން އެދިއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ ފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯހާއި މައުލޫމާތު ހިއްސާކުރުމަށް އާންމުންގެ ކިބައިން އެދޭ ކަމަށެވެ. މިފަދަ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރެއްވުމަށް އެދޭ ކަމަށާއި، މި ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާކުރެވޭނެ ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި ނަންބަރަށް މެސެޖުކޮށް މައުލޫމާތު ހިއްސާކުރައްވާ ފަރާތްތަކުގެ ވަނަވަރާއި މައުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކޮށްދެވޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށާއި، އަދި މިގޮތަށް މައުލޫމާތު ދެއްވާ ފަރާތްތަކުން، މައްސަލައިގެ ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެކަމުގައިވެސް ދަންނަވާކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް