Post banner
ރާއްޖެ

ވަޒީފާދޭ ފަރާތްތަކުން ބިދޭސީ މުވައްޒަފުންގެ މުސާރަ ބޭންކު އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ވަޒީފާދޭ ފަރާތްތަކުން ބިދޭސީ މުވައްޒަފުންގެ މުސާރަ ބޭންކު އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން -- ފޮޓޯ: ރައްޔިތުންގެ ނޫސް

ރާއްޖޭގައި ވަޒީފާ އަދާކުރާ، ބިދޭސީ މުވައްޒަފުންނަށް، ވަޒީފާ ދޭ ފަރާތްތަކުން ދޭ މުސާރަ، ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށް، ޤަވާއިދަށް ބަދަލު ގެނެސްފިއެވެ.

"ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވައިދު" އަށް ގެނެސްފައިވާ އިސްލާޙްތައް މިހާރު ވަނީ ގެޒެޓްކޮށްފައެވެ. އެހެންނަމަވެސް ޤަވާއިދަށް ގެނައި ބަދަލުތަކަށް ޢަމަލުކުރަން ފަށާނީ، އެއްމަސް ދުވަސް ފަހުންނެވެ.

ވަޒީފާ އާއި ބެހޭ ޤާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާޙްގައި ވެސް، ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް، ވަޒީފާ ދީފައިވާ ބިދޭސީ މީހާގެ ނަމުގައި އެކައުންޓް ހުޅުވައި އެ އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފައި ވެއެވެ. ނަމަވެސް އެ ޤާނޫނުގެ މާއްދާތަކަށް ފާއިތުވި އަހަރުތަކުގައި އެކަށީގެންވާ ގޮތެއްގައި ޢަމަލުކޮށްފައެއް ނުވެއެވެ.

ބިދޭސީންނަށް ވަޒީފާދީގެން ގެންގުޅޭ ފަރާތްތަކުން، ބޭންކަށް މުސާރަ ޖަމާކުރަން ޖެހޭ ގޮތަށް ލާޒިމް ކުރުމަކީ، އެކަމުގެ ސަބަބުން، ބިދޭސީންނަށްވެސް ފައިދާ ކުރާނޭ ކަމެއް ކަމުގައި ބިދޭސީންވެސް ފާހަގަކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް