ވިކުރާ

މިފްކޯއިން ބުނީ އަގުބޮޑު ކުރީ ތެޔޮމަސް ދަޅު އެކަނިކަމަށް! ބޮޑުކުރީ ދަޅަކުން ރުފިޔާއެއް ކަމަށް.

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މިފްކޯއިން ބުނީ އަގުބޮޑު ކުރީ ތެޔޮމަސް ދަޅު އެކަނިކަމަށް! ބޮޑުކުރީ ދަޅަކުން ރުފިޔާއެއް ކަމަށް.

މިފްކޯ މަސްފިހާރަ --

މިފްކޯއިން ވިއްކާ އުފެއްދުންތަކުގެ ތެރެއިން މިއަދު އަގުބޮޑުކޮށްފައި ވަނީ އެކުންފުނިން ވިއްކާ ތެޔޮމަސްދަޅު އެކަނިކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން އާއްމު ކުރި ޚަބަރުގައި ބުނެފައި ވަނީ، އެކުންފުނިން ތެޔޮ މަސްދަޅުގެ އަގު ބޮޑު ކުރީ އެކުންފުންޏަށް، ތެޔޮލިބޭ އަގު ވަރަށް ބޮޑަށް ބޮޑުވުމުން ކަމަށެވެ. އެކުންފުނިން ބުނީ، މާރިޗް މަހުގެ ކުރިން 11.57ރ. އަށް ‏އަށް ލީޓަރެއް ލިބެމުން ދިޔަ ތެޔޮ މިހާރު މިފްކޯއަށް ލިބެނީ 14.32ރ އަށް ކަމަށެވެ.

މިފްކޯއިން ބުނީ، ތެޔޮ މަސްދަޅެއްގެ އަގު ބޮޑު ކުރީ ކުރީގެ އަގަށް ވުރެ އެއް ރުފިޔާ ކަމަށާއި، މިހާރު ތެޔޮ މަސްދަޅެއް ވިއްކާ އަގަކީ، 18ރ 50ލާރި ކަމަށެވެ. އަދި 48 ދަޅުގެ ތެޔޮމަސް ކޭހެއް ވިއްކާ އަގު ބޮޑުކޮށްފައި ވަނީ 800ރ އަށް ކަމުގައިވެސް ކުންފުނިން ބުނެފައި ވެއެވެ. ކުރިން 48 ދަށުގެ ތެޔޮ މަސްކޭހެއް ވިއްކަމުން އައީ 760ރ އަށެވެ. މީގެ އިތުރުން 140 ގްރާމްގެ 24 ދަޅުގެ ތެޔޮ މަސްދަޅު ކޭހުގެ އަގުވެސް ވަނީ 330ރއަށް ބޮޑުކޮށްފައެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ހީނަރުކަމާއެކު ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން މިފްކޯގެ އުފެއްދުންތެރިކަމުގެ ޚަރަދު ބޮޑުވެފައިވީނަމަވެސް ކުންފުނިން ފިޔަވަޅުތައް އަޅަމުންދާނީ ރައްޔިތުންނަށް އޭގެ އަސަރު އެންމެ ކުޑަވާނެ ގޮތަށް ބަލައިގެން ކަމުގައި އެކުންފުނިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް