Post banner
ދުނިޔެ

އެޕްސްޓީންއަށް ހަދިޔާގެ ގޮތުގައި ފޮނުވާފައި ވަނީ ކިސްވާގައި ހިމެނޭ ކައުބާގެ ދޮރުކޮޅުގެ ފަރުދާ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެޕްސްޓީންއަށް ހަދިޔާގެ ގޮތުގައި ފޮނުވާފައި ވަނީ ކިސްވާގައި ހިމެނޭ ކައުބާގެ ދޮރުކޮޅުގެ ފަރުދާ

ކުޑަކުދިން ރޭޕްކޮށް އަދި ކުޑަކުދިންނާއި މެދު ލާއިންސާނީ އަމަލުތަކާއި، ޝައިޠާނީ އެތައް ޢަމަލުތަކެއް ހިންގާފައިވާ، އެމެރިކާގެ ޔަހޫދީ މިލިޔަނަރު ޖެފްރީ އެޕްސްޓީންއަށް، ޔޫއޭއީގެ އަންހެން ވިޔަފާރިޔަކު ފޮނުވި ކިސްވާގެ ބައިތަކުގެ ތެރޭގައި ކިސްވާގައި ހިމެނޭ ގެފުޅުގެ ދޮރުކޮޅުގެ ފަރުދާ ހިމެނޭކަން ހާމަވެއްޖެއެވެ.

ޔޫއޭއީގެ މިލިޔަނަރެއް ކަމުގައިވާ ޢަޒީޒާ އަލް އަޙްމަދީ އެޕްސްޓީންއަށް ފޮނުވައިދީފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ، ކައުބާގެ ކިސްވާފައި ހިމެނޭ، ގެފުޅުގެ ދޮރުކޮޅުގެ ފަރުދާ ފެންނަ ފޮޓޯ މިހާރު ދަނީ ދައުރުވަމުންނެވެ. އޭނާ މެދުވެރިވެގެން އެޕްސްޓީންއަށް ފޮނުވާފައިވާ ތަކެތީގެ ތެރޭގައި ކައުބާއިން ނަގާފައިވާ ކިސްވާގެ ބަޔަކާއި، އަދި ކައުބާގައި ބޭނުން ނުކުރާ ކިސްވާގެ ބައެއްގެ އިތުރުން، ކައުބާގެ އެތެރޭގައި ބޭނުންކޮށްފައިވާ ފަރުދާގެ ބައެއްވެސް ހިމެނޭކަން ހާމަވެފައިވާ ލިޔުންތަކުން އެނގެއެވެ.

އެޕްސްޓީންއަށް ލިބިފައިވާ ކިސްވާގެ ބައިތަކުގެެ ތެރޭގައި، ގެފުޅުގެ ދޮރުކޮޅުގެ ފަރުދާ ހިމެނޭކަން ފާހަގަކޮށް އާއްމުކޮށްފައިވާ ފޮޓޯގައި ފެންނަނީ، އަސްލު ކިސްވާގައި ހިމެނޭ ގެފުޅުގެ ދޮރުކޮޅުގެ ފަރުދާ ނޫންކަން، އަލްޙަރަމައިނި އިންވަނީ ފާހަގަކޮށްފައެވެ. މިގޮތުން ދައުރުކުރަމުން އަންނަ ފޮޓޯގައި ފެންނަ، ކިސްވާގައި ހިމެނޭ ގެފުޅުގެ ދޮރުކޮޅުގެ ފަރުދާ ކަމުގައި ބުނާ ބަޔަށްވުރެ، އަސްލު ކިސްވާގައި ހިމެނޭ ގެފުޅުގެ އުރަކޮޅުގެ ފަރުދާއަކީ އެތައް ގުނައެއް ބޮޑު އެއްޗެކެވެ. އަދި ފޮޓޯގައި ފެންނަ އެއްޗަކީ، އަސްލު ކިސްވާގެ ބައެއް ނޫންކަންވެސް އަލްޙަރަމައިންއިން ވަނީ ހާމަކޮށްފައެވެ.

Uploaded image

ކިސްވާއަކީ، ކަޅުފަށުވީގެ އިތުރުން ރަނާއި ރިހިން ޖަރީކޮށް، ކީރިތިޤުރުޢާނުގެ ޢާޔަތްތަކާއި، ލަފުޒުލްޖަލާލާގެ އިތުރުން ﷲގެ އިސްމުފުޅުތައްވެސް ލިޔެފައި ހުންނަ އެއްޗެކެވެ. ކިސްވާގައި 120 ކިލޯގްރާމްގެ ރަން ރޮއްޖާއި، 100 ކިލޯ ގްރާމްގެ ރިހި ރޮދި ބޭނުންކޮށްފައި ހުރެއެވެ.

ކިސްވާގެ ބައިތަކެއް ކަމުގައި ބުނާ ތަކެތި ޖެފްރީ އެޕްސްޓީންއަށް ލިބިފައި ވަނީ 2017 ވަނަ އަހަރުގައެވެ. އޭނާއަށް އެތަކެތި ލިބިފައިވާކަން ހާމަވީ، އޭނާގެ މައްޗަށް ދައުވާތަކާއި ގުޅޭ ލިޔެކިޔުންތަކާއި ފޮޓޯ އާއި ވީޑިއޯފަދަ ތަކެތި، އެމެރިކާގެ ޖަސްޓިސްޑިޕާޓްމަންޓުން އާއްމުކޮށް ހާމަކުރުމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް